11 ނިމްރޫދު މި ސަރަހައްދުން ދިޔައީ އައްޝޫރު އަށެވެ. އަދި އެ ސަރަހައްދުގައި ވީ ނީނަވާ އާއި ރަޙޫބޫތު ޢައިރު އާއި، ކާލަޙު އާއި، ރަސަން މިހަތަރު ރަށް ނިމްރޫދު ބިނާކުރިއެވެ.
ރަސަން ވަނީ ނީނަވާ އާއި ކާލަޙު އާއި ދެމެދުގައެވެ. ނިމްރޫދު ވެރިކަން ހިންގި ސަރަހައްދުތަކުގެ ތެރެއިން ކާލަޙު ހިމެނުނީ އެންމެ ބޮޑު އަދި މަޝްހޫރު ރަށް ކަމުގައެވެ.