ފެށުން 10:1 - ކިތާބުލް މުޤައްދަސާ1 މިއީ ނޫޙުގެފާނުގެ ތިން ދަރިކަލުން، ސާމު އާއި ޙާމު އާއި ޔާފަޘުގެ ދަރިފަސްކޮޅު އުފުދިގެން އައި ގޮތެވެ. ފެން ބޮޑުވުމުގެ ފަހުން މި ތިން ބޭފުޅުންނަށް ވެސް ދަރިން ލިބުނެވެ. အခန်းကိုကြည့်ပါ။ |
މިއީ އުޑުތަކާއި ދުނިޔެ އުފެއްދެވި ގޮތުގެ ވާހަކައެވެ. މަތިވެރި ރަސްކަލާނގެ، އެކަލާނގެ ދުނިޔެއާއި އުޑުތައް އުފެއްދެވިއިރު ގޮވާން އަޅާ ގަސްތަކެއް ހުރި ދަނޑެއް، ނުވަތަ ދަނޑެއްގައި ހައްދާ ކަހަލަ ގަސްތަކެއް ވެސް އަދި ދުނިޔޭގެ ތަނަކު ނުވެއެވެ. މަތިވެރިރަސްކަލާނގެ އޭރަކު ދުނިޔެއަށް ވިއްސާރައެއް ވެސް ނުފޮނުއްވައެވެ. އަދި ދުނިޔޭގެ ބިމަކު ދަނޑެއް އެއްޗެއް ހައްދާނެ އިންސާނަކު ވެސް ނުމެނެތް މެއެވެ.
މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަން މަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ.