6 ދެން މާތްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ފެންތަކުގެ މެދުން ހުސްތަނެއް އުފެދޭ! ފެންތަކުގެ ތެރޭން ފެންތަކެއް ވަކިވޭ!“
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ރެޔާއި ދުވާ ވަކިކުރުމަށް އުޑުގައިވާ ހުސްތަނުގައި އަލިތައް އުފެދޭ! އަދި އެއީ މޫސުންތަކާއި ދުވަސްތަކާއި އަހަރުތައް ވަކިކޮށްދޭ ފާހަގަތަކެއް ކަމުގައިވޭ!
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ފެންގަނޑުގައި އައިން އައިނަށް ދިރޭތަކެތި އުފެދޭ. އަދި ބިންމަތީ ޖައްވާއި އުދަރެހުގެ ހުސްކަމުގެ ތެރޭގައި ދޫނިސޫފާސޫފި އުދުހޭ!“
އެބައިމީހުން މިފަދައިން ޒުވާބުދޭ ސަބަބަކީ މާތްރަސްކަލާނގެ ވަޙީ ބަސްފުޅާއެކު އުޑުތަކާއި ބިންތައް ހައްދަވައި މުޅި ދުނިޔޭގެ ވަށައިގެން ފެން އެކުލެވިގެންވީ ހިނދު އެ ފެން މެދުވެރި ކުރައްވާ މިދުނިޔެ އުފައްދެވިގޮތް ހަނދާން ނުކުރާތީއެވެ.