4 މާތްކަލާނގެ އެ އަލިކަމަށް ބައްލަވާވޮޑިގެން އެއަލިކަން ރަނގަޅުކަމަށް ދެކެވޮޑިގަތެވެ. ދެން މާތްކަލާނގެ އަނދިރިކަމުގެ ތެރޭން އަލިކަން ވަކި ކުރެއްވިއެވެ.
ދެން އެ ހިކިފަސްތަނަށް ބިމޭ ވަޙީ ކުރައްވައި ނަންދެއްވިއެވެ. އަދި އެއްތަނަކަށް އެއްވި ފެންތަކަށް ކަނޑުގެ ނަމުން އެކަލާނގެ ނަންދެއްވިއެވެ. މިތަން ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
ބިމުން ގަސްގަހާގެހި ފަޅައި އޮށް ހުރި ގަސްތައް ފަޅައި މޭވާގައި އޭގެ އޮށް ހުރި ގަސްތައް ފަޅައި އެއިން ކޮންމެ ބާވަތެއް އެވައްތަރެއްގެ ގަހެއްގެ ގޮތުގައި ފަޅައިފިއެވެ. ދެން އެގަސްތައް ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
އަދި ދުވާލުގެ މައްޗަށާއި ރޭގަނޑުގެ މައްޗަށް ބާރު ހިންގުމަށެވެ. އަދި އަނދިރީގެ ތެރޭން އަލިކަން ވަކި ކުރުމަށް ވެސް މެއެވެ. މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
މިގޮތުން މާތްކަލާނގެ އެކި ބާވަތް ބާވަތުގެ ޖަނަވާރުތަކާއި އެކިބާވަތްބާވަތުގެ ދިރުންހުރި ތަކެތި ބިންމަތީގައި ލެއްވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
ދެން މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ. ނިކަން ދެކެބަލާށެވެ! އެތަކެތި ވަރަށް ވެސް ފުރިހަމައެވެ! ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަވަނަ ދުވަހެވެ.