31 ދެން މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ. ނިކަން ދެކެބަލާށެވެ! އެތަކެތި ވަރަށް ވެސް ފުރިހަމައެވެ! ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަވަނަ ދުވަހެވެ.
ރޭވެފައި އަލިވެއްޖެއެވެ. އެއީ ތިންވަނަ ދުވަހެވެ.
ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަތަރުވަނަ ދުވަހެވެ.
ރޭވެފައި އަލިވެއްޖެއެވެ. އެއީ ފަސްވަނަ ދުވަހެވެ.
މާތްކަލާނގެ އެއަލިކަމަށް ދުވާލުގެ ނަމުން ނަންދެއްވިއެވެ. އަނދިރިކަމަށް އެކަލާނގެ ރޭގަނޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ފުރަތަމަ ދުވަހެވެ.
ދެން އެހުސްތަނަށް މާތްކަލާނގެ އުޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ދެވަނަ ދުވަހެވެ.
ހަތްވަނަ ދުވަސް އައިއިރު މާތްކަލާނގެ އެކަލާނގެ ކުރެއްވި މަސައްކަތްޕުޅު ވަނީ މުޅީން ނިންމަވާލައްވާފައެވެ.
އެކަލާނގެ ހަތްވަނަ ދުވަހަށް ރަޙުމަތްލައްވައި އެދުވަހަކީ މާތްދުވަހެއް ކަމުގައި ލެއްވިއެވެ. ސަބަބަކީ އެދުވަހަކީ އެކަލާނގެ އުފެއްދެވި އެންމެހާ އުފެއްދެވުންތައް ފުރިހަމަ ކުރައްވައި ނިންމަވާލެއްވުން ފާހަގަކުރައްވާ ދުވަސް ކަމުގައި ވީމައެވެ.
އެހެނީ އަހަރެން އުޑާއި ބިމާއި ކަނޑާއި އެތަނުގައި ވާހައި ތަކެއްޗެއް އުފެއްދީ ހަދުވަހުގެ ތެރޭގައި. އެކަމަކު ހަތްވަނަ ދުވަހު އަހަރެން ޗުއްޓީ ކުރީ. ހަތްވަނަ ދުވަހަކީ އަރާމުގެ ދުވަހެއްކަމުގައި ހަދައި އެދުވަސް މާތް ދުވަހަކަށް އަހަރެން ހެދީ އެހެންވެ.
މިއީ އަހަރެންނާ އިސްރާއީލީންގެ މީހުންނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދާއިމީ ރަމްޒެއް. އެހެނީ އަހަރެން އުޑާއި ބިން އުފެއްދީ ހަ ދުވަހުން. ހަތްވަނައަށް ވީ ދުވަހު އަހަރެން އެމަސައްކަތް ހުއްޓާލައި އަރާމު ކުރީ.“
މާތްރަސްކަލާނގެ ހުރިހާ އެއްޗެއް ހެއްދެވީ ވަކި މަގުސަދަކަށެވެ. ނުބައިމީހުން ވަނީ އަދަބު ދެވޭ ދުވަހަށްޓަކައެވެ.
އެހެންވީމާ، އެފަދަ ކާނާ މާތްރަސްކަލާނގެ އުފެއްދެވީ ހެޔޮ ގޮތުގައެވެ. އަދި އެތަކެއްޗާމެދު އަހަރެމެން ޝުކުރުވެރި ހިތަކުން ބަލައިގަނެފިނަމަ އެތަކެއްޗަކީ ކެއުމަށް ކަމުދާ ތަކެތި ކަމުގައި ވެއެވެ.
އެހެނީ އެކަލާނގެ ވަޙީބަސްފުޅުންނާއި އަދި ތިޔަބައިމީހުން ދުޢާތަކުން މިތަކެއްޗަކީ ޙަލާލު މުޤައްދަސް ތަކެތި ކަމުގައި ހިމެނިފައިވެއެވެ.