Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 1:29 - ކިތާބުލް މުޤައްދަސާ

29 ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ބަލާލަބަލަ! އަހަރެން މިވަނީ އޮށްއަޅާ ހުރިހާ ބާވަތެއްގެ ގަހަކާއި އަދި މޭވާގައި އޮށް ހުންނަ ގަސްގަހާގެހި ދުނިޔޭގެ ބިމުން ފަޅުވާފައި. އެއީ ތިޔަބައިމީހުން އެތަކެތި ކައި ހެދުމަށްޓަކާ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 1:29
22 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު މަތިވެރިރަސްކަލާނގެ އިންސާނާއަށް އަމުރު ކުރެއްވިއެވެ. ”⁠މިބަގީޗާގައިވާ ހުރިހާގަހެއްގައި އަޅާތަކެތި ކެއުމުގެ ހުއްދަ ތިބާއަށް ދީފިން.


ތި އެންމެން ކެއުމަށް ބޭނުންވާނޭ ހުރިހާ ވައްތަރެއްގެ ކާނާ ވެސް ނަވަށް އަރުވާފައި ބަހައްޓާ. އެއީ އޭގައި ގެންދާ މީހުންނާއި ދިރޭ ތަކެތި ކެއުމަށްޓަކައި.⁠“


ދިރިހުރި ހިނގާބިނގާވެ އުޅޭ މިފަދަ ހުރިހާ ތަކެއްޗަކީ ތިޔަބައިމީހުން ކެއުމަށް ހުއްދަ ތަކެތި. ތިމަންކަލާނގެ ތިޔަބައިމީހުންގެ ކާނާއަށްޓަކައި ފެހިގަސްތައް ދެއްވި ފަދައިން މިހާރު ހުރިހާ އެއްޗެއް ކައިއުޅުމަށް ވެސް ތިޔަބައިމީހުންނަށް ހުއްދަ ދެއްވަން.


އަޅަމެންނަށް މި ދުވަހުގެ ރޯދި މިއަދު ދެއްވާފާނދޭވެ!


ނަމަވެސް މީސްތަކުންނަށް އެކަލާނގެ ދެއްވާ ހެޔޮފުޅުމަކާއި ރަޙުމަތުން އެކަލާނގެ ވޮޑިގެންވާކަން އަބަދުވެސް މީސްތަކުންނަށް އެކަލާނގެ ހާމަކޮށްދެއްވާ. އެކަލާނގެ އުޑުން ވާރޭ ފޮނުއްވާ. ކަނޑައެޅޭ ވަކި މޫސުންތަކުގައި ބަރާބަރު ވަގުތަށް ގޮވާން ދެއްވާ. މީސްތަކުން ކެއުމަށް ބޭނުންވާނެ ތަކެތި އެކަލާނގެ ދެއްވާ. އަދި އެކަލާނގެ މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ދެއްވާ.⁠“


އަދި ހަމަ ތިޔަބައިމީހުންގެ ޅެންވެރިން ބުނެފައިވާ ފަދައިން ’⁠އަހަރެމެން ދިރި މި ވަނީ އަދި ހިނގާބިނގާވެ މި އުޅެނީ އަދި ހަމަ އަހަރެމެން އުފަންވީ ވެސް ޚުދު އެކަލާނގެ ބާރުފުޅުންނޭ. އަހަރެމެންނަކީ އެކަލާނގެ ދަރިންނޭ.⁠‘


އެމީހުން ދައުވާ ކުރަމުން ދިޔައީ ކައިވެނި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ބާވަތްތަކެއްގެ ތަކެތި ކެއުމަށް މަނާ ކުރުވަމުންނެވެ. ނަމަވެސް އެކަލާނގެ މިތަކެތި ހެއްދެވީ ތެދު ޙަޤީޤަތް އެނގިފައިވާ އީމާންވީ މީސްތަކުން މިތަކެތި ކާހިނދު އެމީހުން އެކަމަށްޓަކައި ޝުކުރުވެރި ވާނެ ފަދައިން ވުމަށެވެ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ