ފެށުން 1:26 - ކިތާބުލް މުޤައްދަސާ26 ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”މިހާރު އަހަރެމެންގެ ސޫރައިގައި އަހަރެމެންނާ އެއް ސިފައިގައި އިންސާނާ އުފައްދާނަން! އަދި އެއިންސާނުންނަށް ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިސޫފާސޫފިތަކާއި ބިމުގައިވާ ޖަނަވާރުތަކާއި އަދި އެހެން ވެސް މި ދުނިޔޭގައިވާ ނަމަ ވާހައި އެއްޗެއްގެ ވެރިކަން ދޭނަން.“ အခန်းကိုကြည့်ပါ။ |
މި ހިނދު މަތިވެރިރަސްކަލާނގެ ވަނީ މިބިމުން ދުނިޔޭގައި ލެއްވިހާ ބާވަތެއްގެ ޖަނަވާރުތަކާއި ދޫނި ސޫފާސޫތްޕެއް އުފައްދަވާފައެވެ. މިހުރިހާ ޖަނަވާރުތަކާއި ދޫނިސޫފާސޫތްޕެއް އިންސާނާގެ ގާތަށް އެކަލާނގެ ޖަމާކުރެއްވިއެވެ. އެއީ އިންސާނާ ލައްވައި އެ އެއްޗެއްސަށް ނަންދިނުމަށެވެ. މިއިން ކޮންމެ އެއްޗަކަށް އިންސާނާ ދިން ނަމަކީ އެ އެއްޗެތީގެ ނަންކަމުގައި ވިއެވެ.
އަދި އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ގައިގައި މުޅިން އާ ތަބީޢަތެއް ލެވި އާވަމުން ދާނެއެވެ. ތިޔައިމީހުން އުފެއްދެވި ޚާލިގުވަންތަ ކަލާނގެ ތިޔަބައިމީހުން އެކަލާނގެ ސޫރަފުޅާ އެއްގޮތްވާ ގޮތުގެ މަތިން އާ ކުރައްވަމުން ދާނެއެވެ. އެއީ ތިޔަބައިމީހުންނަށް އެކަލާނގެ އަކީ ކޮބައިކަން ފުރިހަމަޔަށް އަންގަވައި ދެއްވުމަށެވެ.
ނަމަވެސް އަހަރެމެންގެ ބައްޕާފުޅު ސާހިބުވަންތަ ރަސްކަލާނގެއަށް ޙަމްދު ތަޢުރީފު ކުރުމުގައި އަހަރެމެން ދުލުގެ ބޭނުން ކުރަމެވެ. އަދި މީސްތަކުންނަށް ބަދުދުޢާ ކުރުމުގައި ވެސް ހަމަ އަހަރެމެން އެ ދުލުގެ ބޭނުން ކުރަމުއެވެ. އެހެނަސް އިންސާނުންނަކީ މާތްރަސްކަލާނގެ ސިފަފުޅާއި އެއްފަދައިން ޚަލްޤުކުރެވިގެންވާ ބައެކެވެ.