Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 1:22 - ކިތާބުލް މުޤައްދަސާ

22 އަދި މާތްކަލާނގެ އެތަކެއްޗަށް ބަރަކާތްލެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އުފެދި ގިނަގުނަވެ ކަނޑުތައް ފުރާލާ! އަދި ދޫނި ސޫފާސޫފިތައް ގިނަގުނަވެ ދުނިޔެ ފުރާލާ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 1:22
16 ပူးပေါင်းရင်းမြစ်များ  

މިގޮތުން މާތްކަލާނގެ ކަނޑުގައި ބިޔަ ތަކެއްޗަކާއި ކޮޅުކޮޅު މައްޗަށް ދުވާ ތަފާތު އެތައް ބާވަތެއްގެ ދިރޭ ތަކެއްޗެއް އުފެއްދެވިއެވެ. އަދި އެކިބާވަތުގެ ދޫނިސޫފާސޫފި ވެސް އުފެއްދެވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.


ރޭވެފައި އަލިވެއްޖެއެވެ. އެއީ ފަސްވަނަ ދުވަހެވެ.


މާތްކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”⁠މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!⁠“


އެހެނަސް ލަބާން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެން ދޫކޮށްފައި ނުދޭ. މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ބަރަކާތް ލެއްވީ ތިބާ މިތަނުގައި ވުމުންކަން އަހަރެންގެ ފާލުން އެނގިއްޖެ.


އަހަރެން އައުމުގެ ކުރިން ހަމަ ޔަޤީނުން ވެސް ތިބާއަށް ލިބިފައިވީ ވަރަށް މަދު އެއްޗެއް. ނަމަވެސް މިހާރު ތިބާގެ މުއްސަނދިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފަ. އަދި އަހަރެންނަށް ކުރެވުނު އެންމެހާ މަސައްކަތެއްގައި މާތްރަސްކަލާނގެ ތިބާއަށް ބަރަކާތް ލައްވައިފި! ނަމަވެސް އަހަރެންގެ އަމިއްލަ އާއިލާއަށް ޚިދުމަތް ކުރުމުގެ ކުޅަދާނަކަމެއް އަހަރެންނަށް ލިބޭނީ ކޮން އިރަކުން؟⁠“


އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.


އަދި ތިބާއާއެކު ނަވުގައި ވީ އެންމެހާ ދޫނިސޫފާ ސުތްޕަކާއި، ޖަނަވާރުތަކާއި އެހެނިހެން ދިރޭތަކެތި ވެސް ނަވުން ބާލުއްވައި ދުނިޔޭގެ ތެރެއަށް ދޫކޮށްލައްވާ. އެއީ އެ ތަކެތި ގިނަވެ އިތުރު ވުމަށްޓަކައި.⁠“


މާތްކަލާނގެ ނޫޙުގެފާނަށާއި އެކަލޭގެފާނުގެ ތިން ދަރިކަލުންނަށް ރަޙުމަތް ލައްވައި މިފަދައިން ވަޙީކުރެއްވިއެވެ. ”⁠ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރަށް ދުނިޔެ ފުރާލާ.


މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ