Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 1:21 - ކިތާބުލް މުޤައްދަސާ

21 މިގޮތުން މާތްކަލާނގެ ކަނޑުގައި ބިޔަ ތަކެއްޗަކާއި ކޮޅުކޮޅު މައްޗަށް ދުވާ ތަފާތު އެތައް ބާވަތެއްގެ ދިރޭ ތަކެއްޗެއް އުފެއްދެވިއެވެ. އަދި އެކިބާވަތުގެ ދޫނިސޫފާސޫފި ވެސް އުފެއްދެވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 1:21
23 ပူးပေါင်းရင်းမြစ်များ  

އަދި ދުވާލުގެ މައްޗަށާއި ރޭގަނޑުގެ މައްޗަށް ބާރު ހިންގުމަށެވެ. އަދި އަނދިރީގެ ތެރޭން އަލިކަން ވަކި ކުރުމަށް ވެސް މެއެވެ. މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.


ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ފެންގަނޑުގައި އައިން އައިނަށް ދިރޭތަކެތި އުފެދޭ. އަދި ބިންމަތީ ޖައްވާއި އުދަރެހުގެ ހުސްކަމުގެ ތެރޭގައި ދޫނިސޫފާސޫފި އުދުހޭ!⁠“


އަދި މާތްކަލާނގެ އެތަކެއްޗަށް ބަރަކާތްލެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އުފެދި ގިނަގުނަވެ ކަނޑުތައް ފުރާލާ! އަދި ދޫނި ސޫފާސޫފިތައް ގިނަގުނަވެ ދުނިޔެ ފުރާލާ!⁠“


މިގޮތުން މާތްކަލާނގެ އެކި ބާވަތް ބާވަތުގެ ޖަނަވާރުތަކާއި އެކިބާވަތްބާވަތުގެ ދިރުންހުރި ތަކެތި ބިންމަތީގައި ލެއްވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.


ދެން މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ. ނިކަން ދެކެބަލާށެވެ! އެތަކެތި ވަރަށް ވެސް ފުރިހަމައެވެ! ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަވަނަ ދުވަހެވެ.


މި ހިނދު މަތިވެރިރަސްކަލާނގެ ވަނީ މިބިމުން ދުނިޔޭގައި ލެއްވިހާ ބާވަތެއްގެ ޖަނަވާރުތަކާއި ދޫނި ސޫފާސޫތްޕެއް އުފައްދަވާފައެވެ. މިހުރިހާ ޖަނަވާރުތަކާއި ދޫނިސޫފާސޫތްޕެއް އިންސާނާގެ ގާތަށް އެކަލާނގެ ޖަމާކުރެއްވިއެވެ. އެއީ އިންސާނާ ލައްވައި އެ އެއްޗެއްސަށް ނަންދިނުމަށެވެ. މިއިން ކޮންމެ އެއްޗަކަށް އިންސާނާ ދިން ނަމަކީ އެ އެއްޗެތީގެ ނަންކަމުގައި ވިއެވެ.


ހުރިހާ ދޫނީގެ ވައްތަރަކުން ވެސް ދޭތި އަދި ޖަނަވާރުތަކުގެ ތެރެއިން ވެސް ވައްތަރަކުން ދޭތި އަދި ބިމުގައި ވާހާ ދިރޭ އެއްޗަކުން ވެސް ވައްތަރަކުން ދޭތި ތިބާއާއެކު ދިރިހުރުމަށްޓަކައި އަންނާނެ.


އަދި އެބޭކަލުންނާއެކު ހުރިހާ ވައްތަރެއްގެ ވަލުޖަނަވާރަކާއި އޮޅުޖަނަވާރަކާއި އަދި ބިންމަތީގައި ދިރިއުޅޭ ހުރިހާ ވައްތަރެއްގެ ދިރޭ ތަކެއްޗަކާއި ހުރިހާ ވައްތަރެއްގެ ދޫންޏަކާއި އެހެން ވެސް ހުރިހާ ވައްތަރެއްގެ ފިޔަހުރި އެއްޗެއް ވިއެވެ.


އަދި ތިބާއާއެކު ނަވުގައި ވީ އެންމެހާ ދޫނިސޫފާ ސުތްޕަކާއި، ޖަނަވާރުތަކާއި އެހެނިހެން ދިރޭތަކެތި ވެސް ނަވުން ބާލުއްވައި ދުނިޔޭގެ ތެރެއަށް ދޫކޮށްލައްވާ. އެއީ އެ ތަކެތި ގިނަވެ އިތުރު ވުމަށްޓަކައި.⁠“


އަދި ނައުކޮޅުގައި ވީ އެންމެހާ ޖަނަވާރުތަކާއި ދޫނިސޫފާ ސޫތްޕެއް ޖޯޑުޖޯޑަށް ނައުކޮޅުން ފޭބިއެވެ.


ދުނިޔޭގައި އުޅޭހާ ޖަނަވާރަކާއި ބިމުގައި އުޅޭހާ ދިރޭއެއްޗަކާއި އުދުހޭ ދޫނިސޫފާސޫތްޕަކާއި ކަނޑުގައިވާ ނަމަ ވާހާ މަހަކާއި ތިޔަބައިމީހުންގެ މައްޗަށް ބިރުވެތިވާނެ. އެތަކެތި އެވަނީ ތިޔަބައިމީހުންގެ އަތްމައްޗަށް ދޫކޮށްލެވިފަ.


ތިމަންކަލާނގެ ތިޔަބައިމީހުންނަށް ވަޙީކުރައްވަން: ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރު ކުރޭ. އަދި މުޅި ދުނިޔެ އާބާދު ކުރޭ.⁠“


އެކަމަކު އިސްރާއީލީން ތަނަވަސްކަން އިތުރުވެ ދަރިފަސްކޮޅު އެތައް ގުނައަކަށް ގިނަވެ މުޅި މިޞްރުގެ ބިން ފުރިއްޖެއެވެ.


ނީލަކޯރު ބޮއްތަކުން ފުރި ބަނޑުންވެ އެއެއްޗެހިތައް އައިސް މަނިކުފާނުގެ ގަނޑުވަރަށް ވަދެ މަނިކުފާނު އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅަށް ވަދެ މަނިކުފާނުގެ އެނދުދާންކޮޅަށް އަރައި، މަނިކުފާނާއި ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ ގޭގެއަށް ވަންނާނެއޭ. އަދި މަނިކުފާނުގެ ބަދިގޭ އަވަނަށާއި ތެލިތައްޓަށް އަރައި ފުމޭނެޔޭ.


އޭރު މާތްރަސްކަލާނގެ ވަނީ އެކަލޭގެފާނު ދިރުވާލާނެ ބޮޑު މަހެއް ތައްޔާރު ކުރައްވައި ހަމަޖައްސަވާފައެވެ. އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ތިން ރޭ ތިން ދުވާ ވަންދެން އޮންނެވިއެވެ.


އެ ހިނދު މާތްރަސްކަލާނގެ އެމަހަށް އަމުރުފުޅު ކުރެއްވުމުން ހިކިފަސްތަނަކަށް ގޮސް އެ މަސް އެކަލޭގެފާނު ހޮޑަށްލައިފިއެވެ.


ޔޫނުސްގެފާނު ބޮޑު މަހެއްގެ ބަނޑުގައި ތިން ރެއާއި ތިން ދުވަސް ވަންދެއް އޮންނެވި. ހަމައެފަދައިން އިންސާނާގެ ދަރިކަލުން ތިން ރެއާއި ތިން ދުވަސް ވަންދެން ބިންގަނޑުގެ ބަނޑުތެރޭގައި ވަޅުލެވިފައިވާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ