Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 1:14 - ކިތާބުލް މުޤައްދަސާ

14 ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ރެޔާއި ދުވާ ވަކިކުރުމަށް އުޑުގައިވާ ހުސްތަނުގައި އަލިތައް އުފެދޭ! އަދި އެއީ މޫސުންތަކާއި ދުވަސްތަކާއި އަހަރުތައް ވަކިކޮށްދޭ ފާހަގަތަކެއް ކަމުގައިވޭ!

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 1:14
43 ပူးပေါင်းရင်းမြစ်များ  

ރޭވެފައި އަލިވެއްޖެއެވެ. އެއީ ތިންވަނަ ދުވަހެވެ.


އަދި އެއީ އުޑުގެ ހުސްތަނުގައިވާ އަލިތަކަކަށް ވެ ބިންމައްޗަށް އެއިން އަލިކުރޭ!⁠“ ދެން އެކަންތައް އެ ގޮތަށް ހިނގައިފިއެވެ.


ދުނިޔެ ދެމިއޮތްހާ ހިނދަކު ގޮވާން އިންދުމުގެ މޫސުމާ ގޮވާން ކެނޑުމުގެ މޫސުން، ފިނިމޫސުމާ ހޫނު މޫސުން، ވިއްސާރަ މޫސުމާ ހަނަފަސް މޫސުން، ދުވާލާއި ރޭގަނޑު، ދުވަހަކު ވެސް ނިމުމަކަށް ނާންނާނެ.⁠“


ތިމަންކަލާނގެ ދުނިޔެއާއި މެދު މިވީ ޢަހުދުނާމާގެ ހެއްކެއްގެ ގޮތުން ތިމަންކަލާނގެ ވިލާތަކުގެ ތެރޭގައި ވިއްސާރަދުނި ލައްވައިފިން.


މީސްތަކުންގެ ކައިރިން އެ ބޭކަލުން އަހަމުން ގެންދެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމަށް ވުމަށް އުފަންވި ކުއްޖާ ކޮބައިތޯ؟ އެ ކުއްޖާ އުފަން ވުމުގެ ނިޝާނުގެ ގޮތުގައިވާ ތަރި އަހަރެމެން ދުށިން. އެ ތަރި އިރުމަތީ ފަރާތުން އަހަރެމެންނަށް ފެނުމުން އަހަރެމެން މިއައީ އެ ކުއްޖާއަށް އަޅުކަން ކުރުމަށް ޓަކައި.⁠“


”⁠އެ މުސީބާތުގެ ދުވަސްތަކަށް ފަހު ކުއްލިއަކަށް އިރުގެ އަލިކަން ފަނޑުވެގެން ދޭ. އަދި ހަނދުން ހަނދުވަރު ނުލިބޭނެ. އުޑުން ތަރިތައް ފައިބާނެ. އަދި އުޑުތަކުގެ ބާރުތަކަށް ގުޑުން އަރާނެ.


”⁠އެ މުސީބާތުގެ ދުވަސްތަކަށް ފަހު އިރުގެ އަލިކަންކެނޑި އަނދިރިވެ، ހަނދުން ހަނދުވަރު ލިބުން ނެތި،


ދެން އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ ޚާއްސަ ފަރުދާ ދެފަޅިއަށް އިރިގެން ދިޔައެވެ. އެވަގުތު އީސާގެފާނު ގަދަ އަޑުފުޅުން ގޮވައި ލެއްވިއެވެ.


އަދި އެ ޅަކަންބަޅި ހަވަނަ ސިލު ވެސް ކަނޑާލިތަން އަހަރެން ދުށީމެވެ. އެ ހިނދު ގަދަފަދަ ވެގެންވާ ބިންހެލުމެއް ކުރިމަތިވިއެވެ. އަދި ކަޅު ކުލައިގެ ސުތުލިގޯންޏެއް ފަދައިން އިރު އަނދިރިވެގެން ދިޔައެވެ. ހަމައެހެންމެ، ލޭ ފަދައިން ރަތްކުލައަށް ހަނދު މުޅީން ބަދަލުވެގެން ދިޔައެވެ.


އެއަށް ފަހު، ހަތަރުވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އިރާއި ހަނދާއި ތަރިތަކުގެ ތިން ބައިކުޅަ އެއްބައިގައި އެއްޗަކުން ޖެހުނެވެ. އޭގެ ސަބަބުން އެއިން ކޮންމެ އެއްޗެއްގެ ތިން ބައިކުޅަ އެއްބައިގެ އަލިކަން ގެއްލިދިޔައެވެ. ވީމާ، ދުވާލުގެ ތިން ބައިކުޅަ އެއްބައިގައި އަލިކަމެއް ނެތެވެ. އަދި ރޭގަނޑުގެ ތިން ބައިކުޅަ އެއްބައިގައި ވެސް އަލިކަމެއް ނެތެވެ.


އެ ތަރި އެ ފޫނެތް ފުން ވަޅުގަނޑުގެ ދޮރު ހުޅުވިއެވެ. އަދި އެ ފުން ވަޅު ވެސް ވަނީ ދުމުން ފުރިފައެވެ. ބޮޑު ދުންހޮޅިއަކުން ދުން ނުކުންނަ ފަދައިންނެވެ. އެ ފޫނެތް ފުން ވަޅުން ނުކުތް ދުމުން އިރުގެ އަލިކަމާއި އަދި ވައި ވަނީ ބަނަ ވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ