Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 1:12 - ކިތާބުލް މުޤައްދަސާ

12 ބިމުން ގަސްގަހާގެހި ފަޅައި އޮށް ހުރި ގަސްތައް ފަޅައި މޭވާގައި އޭގެ އޮށް ހުރި ގަސްތައް ފަޅައި އެއިން ކޮންމެ ބާވަތެއް އެވައްތަރެއްގެ ގަހެއްގެ ގޮތުގައި ފަޅައިފިއެވެ. ދެން އެގަސްތައް ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 1:12
11 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ބިމުން ގަސްގަހާގެހި ފަޅާ! އޮށް ހުރި ގަސްތަކާއި މޭވާގައި އޮށް ހުންނަ ގަސްތަކާއި މިފަދަ ކޮންމެ ބާވަތެއް ބިންމަތީގައި ހެދޭ!⁠“ ދެން މިކަންތައް އެ ގޮތަށް ހިނގައިފިއެވެ.


ރޭވެފައި އަލިވެއްޖެއެވެ. އެއީ ތިންވަނަ ދުވަހެވެ.


ބިމުގެ ފަސްގަނޑުން ތަބީޢަތުގައި ގަސްފަޅައި ގޮވާން ލިބޭ. އެންމެކުރިން ގަހުގެ ތަނޑު ފާޅުވެ ކުރާގަނޑު ނުކުމޭ. ދެން އެންމެފަހުން މުޅި ކުރާގަނޑު ގޮވާމުން ފުރޭ.


ގަހަކުން ލިބޭ ފައިދާ އެނގޭނީ އެގަހެއްގައި އަޅާ މޭވާއެއްގެ ގޮތުން. ކަށި ގަހަކުން މީހަކަށް ވައްތީންޏެއް ނުބިނދެވޭނެ. އަދި ކަށި ވެލަކުން މޭބިސްކަދުރެއް ވެސް ނުލިބޭނެ.


މާތްރަސްކަލާނގެ ކިބަފުޅަށް އޮޅުވާލެވިދާނެ ކަމަށް ހީނުކުރައްޗެވެ. އެމީހަކު ކުރި އަމަލެއްގެ ނަތީޖާ އެމީހަކަށް ފެންނާނެ އެވެ. މިކަންތަކަށް އޮޅުވާނުލައި ސަމާލުވެ ތިބޭށެވެ. ޔަޤީނުން ވެސް އެމީހަކަށް ލިބޭނީ އެމީހަކު އިންދި އޮށަކުން ފަޅާ ގަހެއްގެ މޭވާއެވެ.


ބިމަށް ވާރޭ ވެހި ދަނޑުތައް ތެމި ދަނޑުވެރިޔާއަށް އެބިމުން ރަނގަޅު ގޮވާން ލިބުމަކީ އެބިމުގައި މާތްކަލާނގެ ލައްވާ ބަރަކާތެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ