ފެށުން 1:11 - ކިތާބުލް މުޤައްދަސާ11 އެއަށް ފަހު މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ބިމުން ގަސްގަހާގެހި ފަޅާ! އޮށް ހުރި ގަސްތަކާއި މޭވާގައި އޮށް ހުންނަ ގަސްތަކާއި މިފަދަ ކޮންމެ ބާވަތެއް ބިންމަތީގައި ހެދޭ!“ ދެން މިކަންތައް އެ ގޮތަށް ހިނގައިފިއެވެ. အခန်းကိုကြည့်ပါ။ |
ވަލުތެރޭގައި ހުންނަ މާމެލާމެއްޔަށް ވެސް މާތްރަސްކަލާނގެ އެ ފަދަ ފޭރާންތައް އަޅުއްވައި ދެއްވާ. އެފަދަ ތަކެއްޗަކީ މިއަދު ތާޒާކޮށް ހުރެފައި މާދަމާ ހިކުނީމާ އުނދުނުގެ އަލިފާނަށް އެއްލާލެވޭނެ ތަކެތި. ވީއިރު އެކަލާނގެ ތިޔަބައިމީހުންނަށް އެއަށްވުރެ މާ ރަނގަޅަށް ފޭރާން އަޅުއްވައި ދެއްވާނެކަން ޔަޤީނެއް ނޫންތަ؟ ތިޔަބައިމީހުންގެ ކިބައިގައި އީމާންތެރިކަން އެހާ ކުޑައީ ކީއްވެ؟