10 ދެން އެ ހިކިފަސްތަނަށް ބިމޭ ވަޙީ ކުރައްވައި ނަންދެއްވިއެވެ. އަދި އެއްތަނަކަށް އެއްވި ފެންތަކަށް ކަނޑުގެ ނަމުން އެކަލާނގެ ނަންދެއްވިއެވެ. މިތަން ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
މާތްކަލާނގެ އެ އަލިކަމަށް ބައްލަވާވޮޑިގެން އެއަލިކަން ރަނގަޅުކަމަށް ދެކެވޮޑިގަތެވެ. ދެން މާތްކަލާނގެ އަނދިރިކަމުގެ ތެރޭން އަލިކަން ވަކި ކުރެއްވިއެވެ.
”އަހަރެން މީ ޢިބްރާނީއެއް.“ ޔޫނުސްގެފާނު ވިދާޅުވިއެވެ. ”އަހަންނަކީ އުޑުތަކާއި ބިމާއި ކަނޑު ހެއްދެވި މާތްރަސްކަލާނގެއަށް އަޅުކަން ކުރާ މީހެއް.“