Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:8 - ކިތާބުލް މުޤައްދަސާ

8 ފާފަވެރި، އަމިއްލަ ނަފްސުގެ އެދުންތަކަށް ކަންތައްކުރާ މީހުންނަށް އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭނީ ހަލާކާއި ނެތިވެދިއުމެވެ. މާތްރޫޙުފުޅުގެ އެދުމާއި އެއްގޮތަށް ކަންތައްކުރާ މީހުންނަށް މާތްރޫޙުފުޅުގެ ސަބަބުން ލިބޭނީ ނިމުންނުވާ ޙަޔާތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:8
31 ပူးပေါင်းရင်းမြစ်များ  

ނުބައި ނުލަފާ މީހުންނަށް ލިބޭ ދާއިމީ ފައިދާއެއް ނޯވެއެވެ. އެކަމަކު ހެޔޮކަންތައް ކުރާ މީހާއަށް ލިބޭނީ ދާއިމީ އިނާމެވެ.


ނާއިންސާފުވާ މީހާއަށް ނުރައްކަލާ ކުރިމަތިވާނެއެވެ. އެމީހުންގެ ބިރުދެއްކުމުގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ.


ހަމައެހެންމެ ތިޔަބައިމީހުންގެ ތެރެއިން އަހަންނަށްޓަކައި އެއްވެސް މީހަކު އަމިއްލަ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ ބައްޕަ ނުވަތަ މަންމަ ނުވަތަ ދަރިން ނުވަތަ ދަނޑުފަނގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ، އެމީހަކު ދޫކޮށްދިޔަ ތަކެއްޗަށް ވުރެން ސަތޭކަ ގުނަ އިތުރަށް ލިބިދެއްވާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތެއް ވެސް ލިބިދޭނެ.


އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


އެމީހަކަށް އެއަށް ވުރެ އެތައް ގުނައެއް އިތުރަށް މި ދުނިޔޭގައި ދެއްވާނެ. އަދި އެމީހަކަށް އަންނަން އޮތް ދުނިޔޭގައި ނިމުންނުވާ ޙަޔާތް ވެސް ލިބޭނެ.⁠“


އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.⁠“


ގޮވާން ކަނޑާ މީހުންނަށް އެކަމުގެ މުސާރަ އެބަ ލިބޭ. އެމީހުން އެ އެއްކުރާ ގޮވާމަކީ ނިމުންނުވާ ޙަޔާތަށްޓަކައި އެއްކުރެވޭ މީސްތަކުން. އެހެން ކަމުން ގޮވާން އިންދި މީހުންނާއި އަދި ގޮވާން ކަނޑަން މަސައްކަތް ކުރާ މީހުންނާއި ދެބައިމީހުންމެ އެކުއެކީ އުފާފާޅުކުރާނެ.


ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.⁠“


މާތްރަސްކަލާނގެ ކިބަފުޅަށް އޮޅުވާލެވިދާނެ ކަމަށް ހީނުކުރައްޗެވެ. އެމީހަކު ކުރި އަމަލެއްގެ ނަތީޖާ އެމީހަކަށް ފެންނާނެ އެވެ. މިކަންތަކަށް އޮޅުވާނުލައި ސަމާލުވެ ތިބޭށެވެ. ޔަޤީނުން ވެސް އެމީހަކަށް ލިބޭނީ އެމީހަކު އިންދި އޮށަކުން ފަޅާ ގަހެއްގެ މޭވާއެވެ.


އަހަރެންނާއިމެދު މާތްރަސްކަލާނގެ ކޮޅެއްނެތްހާ ކެތްތެރިކަމާއެކު ބައްލަވާ ވޮޑިގެން އަހަރެންފަދަ އެންމެ ނުބައި ފާފަވެރިއަކަށް އެކަލާނގެ ރަޙުމަތްވަންތަކަން ދެއްވުމުގެ ބޭނުންފުޅަކީ އީސާ އަލްމަސީޙާއި މެދު ޢާންމު ނަމޫނާއެއްކަމުގައި އަހަރެން ލެއްވުމެވެ. ހަމައެހެންމެ، އެހެންމީހުން މިކަން ބަލައި އެނގި އެކަލޭގެފާނު ގަބޫލުކޮށް އީމާން ވުމުން ނިމުންނުވާ ޙަޔާތް ލިބުމެވެ.


އަހަރެމެން ކުށްވެރި ނުވާކަމަށް އެކަލާނގެ އިޢުލާން ކުރެއްވި ސަބަބަކީ އެކަލާނގެ ނިޢުމަތްފުޅުގެ މަތިވެރި ކަމެވެ. އަދި މިހާރު އަހަރެމެން މި ވޭތުކުރާ ޙަޔާތަކީ ނިމުންނުވާ ޙަޔާތެއްކަން ޔަޤީންކަމާއެކު އެނގެއެވެ.


އަމަންއަމާންކަން ގެނެސްދޭ މިފަދަ ފަރާތްތަކުން ސުލްޙައިގެ އޮށް އިންދުމުން އެއިން ހެޔޮ ޙަޔާތެއް ލިބިދެއެވެ.


ނަމަވެސް މިފަދަ ދޮގު ރަސޫލުންނަށް އެނގިގެންނުވާ ކަންތައްތަކާއި ދެކޮޅަށް ވާހަކަ ދައްކާނެއެވެ. ނަމަވެސް އެއިން އެއްކަމެއް ވެސް އެބައިމީހުންނަކަށް ނޭނގެއެވެ. އަދި އެބައިމީހުން ބުއްދިއެއްނެތް ހައިވާނުންނަށް ވުރެން ވަކިން މޮޅެވެގެން ނުވެއެވެ. އެއީ އެފަދަ ހައިވާނުންނަކީ އެ ތަކެތީގެ އިޙުސާސުތަކުގެ މަތީގައި ދިރިއުޅެމުން ގެންދާ ތަކެއްޗެވެ. އަދި އެ ތަކެތި އުފަންވެގެންވީ ޝިކާރައިގައިޖެހި މަރުވުމަށެވެ. އަދި އެބައިމީހުންގެ ނުބައިވެގެންވީ މިފަދަ އަމަލުތަކުގެ ސަބަބުން ޝިކާރަ ވެދާ ހައިވާނުން ފަދައިން ނެތިދާނެ އެވެ.


މިނިވަންކަން ދޭނެކަމުގެ ވަޢުދުތައް އެބައިމީހުން ކުރާނެއެވެ. ނަމަވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތައް ވަނީ ފާފަވެރިކަމުގައި މަގުފުރެދި އަޅުވެތިކަމުގައެވެ. ސަބަބަކީ މިފަދައިން ކަންތައްތަކުގެ ބާރުގެ ދަށުގައި ތިޔަބައިމީހުން ވާނަމަ ތިޔަބައިމީހުން ވެސް ވަނީ ހަމަ އެފަދައިން އަޅުވެތިކަމުގައެވެ.


އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ލޯބިފުޅާއެކު އުޅެމުން ގެންދާށެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ރަޙުމަތާއެކު ތިޔަބައިމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވާނެ ދުވަހަކަށް ބަލަބަލައި ތިބޭށެވެ.


ނުބައި ޢަމަލުތަކުގައިވާ މީސްތަކުން ނުބައި އަމަލުތައް ކުރުން މަތީގައި ދެމި ތިބޭނެ. އަދި ފާޙިޝް ވިސްނުމުގައިވާ ފަރާތްތަކުން ފާޙިޝް އަމަލުތައް ކުރުމުގައި ވާނެ. އަދި ސާލިޙު ފަރާތްތަކުން ހެޔޮ އަމަލުތައް ކުރުމުގައި ވާނެ. އަދި ހަމައެހެންމެ މާތްކުރެވިގެންވާ ފަރާތްތައް އަބަދުވެސް މާތް ކުރެވިގެންވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ