ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:7 - ކިތާބުލް މުޤައްދަސާ7 މާތްރަސްކަލާނގެ ކިބަފުޅަށް އޮޅުވާލެވިދާނެ ކަމަށް ހީނުކުރައްޗެވެ. އެމީހަކު ކުރި އަމަލެއްގެ ނަތީޖާ އެމީހަކަށް ފެންނާނެ އެވެ. މިކަންތަކަށް އޮޅުވާނުލައި ސަމާލުވެ ތިބޭށެވެ. ޔަޤީނުން ވެސް އެމީހަކަށް ލިބޭނީ އެމީހަކު އިންދި އޮށަކުން ފަޅާ ގަހެއްގެ މޭވާއެވެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ”ފަރުވާވެ ވިސްނައިގެން ތިބޭ. މީހަކު ބުނާހާ ބަހަކަށް ނުހެއްލޭތި. އެއީ އަހަރެންގެ ނަމުގައި އެތައް ބަޔަކު ވެސްއަންނާނެ. އެމީހުން ބުނާނެ. ’ފަހު ޒަމާނުގެ ވަގުތު ކައިރިވެއްޖޭ. ތިމަން މިއީ މާތްރަސްކަލާނގެ ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ އަލްމަސީޙުއޭ.‘ ކަލޭމެން އެފަދަ މީހުން ދައްކާ މަގުން ނުދާތި.
ހަމައެހެންމެ، މީސްތަކުން ދައްކާ ވާހަކަތަކުން ތިޔަބައިމީހުން އެއްގޮތަކަށް ވެސް މޮޔަހެއްދިޔަ ނުދޭށެވެ! އެހެނީ މީސްތަކުން މާތްރަސްކަލާނގެ އާއި އިދިކޮޅަށް ބަޣާވާތް ހިންގައި، އަދި މާތްރަސްކަލާނގެ ނައްތާލުމަށް ނިޔާކަނޑައަޅާފައިވާ އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅުވުމުގެ ކުރިން މާތްސާހިބާ އެނބުރި ވަޑައި ނުގަންނަވާނެއެވެ.