ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:4 - ކިތާބުލް މުޤައްދަސާ4 އެމީހެއްގެ އަމަލުތައް ރަނގަޅުކުރާށެވެ. އަދި އެއަމަލުތަކާއި މެދު ބަލާއިރު އެކަން ކުރެވުނީ ރަނގަޅަށްނަމަ އެކަމާ އުފާކުރާށެވެ. ނަމަވެސް ތިމާ ކުރާ އަމަލުތައް އެހެން މީހުން ގެ އަމަލުތަކާ އަޅާ ނުބަލާށެވެ. အခန်းကိုကြည့်ပါ။ |
މިދީންވެރިޔާ ކުރިއަށް ގޮސް އެންމެންނާ ވަކިން ހުރެ އޭނާ ކުރާ ރަނގަޅު ކަންތަކާއި ބެހޭގޮތުން ދުޢާކުރަން ފެށި. ’މާތްރަސްކަލާކޯއޭ. މިއަޅާއަކީ އެހެން މީހުން ކަހަލަ މީހަކަށް ނުވީތީ ޝުކުރު ވެރިވަމޭ. އެއީ މިއަޅާއަކީ ވައްކަން ކުރާ މީހަކީމެއް ނޫނޭ. ނުބައި ކަންތައްތައްކޮށް އުޅޭ މީހަކީމެއް ނޫނޭ. ހިލޭ އަންހެނަކާއެކު ގުޅުމެއް ހިންގާ މީހެއް ވެސް ނޫނޭ. އަދި އެހެރަ ޓެކްސް ނަގާ މީހާ ކަހަލަ މީހަކީމެއް ވެސް ނޫނޭ.