Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:14 - ކިތާބުލް މުޤައްދަސާ

14 އަހަރެން އެފަދަ ދެއްކުންތެރި ކަމެއް ކުރުމަކަށް ދުވަހަކު ވެސް މާތްރަސްކަލާނގެ ނުހިންމަވާށިއެވެ. އެއީ އަހަރެން ބަލައިގަންނަހާ ވެސް ކަމަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ސަލީބުގައި ވެވަޑައިގެންނެވި އަވަހާރަ ވުމެވެ. އެ އަވަހާރަ ވުމުގެ ސަބަބުން މިދުނިޔޭގެ މައްޗަށް އަހަރެންގެ ކިބައިގައި އޮތްހާ އެދުމެއް މަރުވެ ނެތިވެ ހިނގައްޖެއެވެ. އަދި މިދުނިޔެ އަހަރެންގެ ކިބައަކުން ވެސް އެދޭ އެދުމެއް ނުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:14
37 ပူးပေါင်းရင်းမြစ်များ  

އޭނާ އައިސް އެ މޭބިސްކަދުރު ދަނޑު ކުއްޔަށް ހިފި މީހުން މަރާލާނެ. އަދި އެ ދަނޑު އެހެން ބަޔަކަށް ކުއްޔަށް ދޭނެ.⁠“ މީހުން މިއަޑު އަހާ ބުންޏެވެ. ”⁠އިރާދަކުރެއްވިޔާ ދުވަހަކު ވެސް އެފަދައިން މާތްރަސްކަލާނގެ ކަންތައް ހިންމަވައި ނުދެއްވާށި.⁠“


އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ.


އަހަރެމެން އީސާގެފާނަށް އީމާންވެ މާތްރަސްކަލާނގެ އެންގެވި މަގުން ކަންތައްކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނެކޭ އެއްފަދައިން އަހަރެމެންނަކީ ވެސް ހަމަ ފާފަވެރިންކަން އެނގޭ. މީގެ މާނައަކީ އީސާގެފާނު އަހަރެމެންނަށް ދެއްކެވީ ފާފައިގެ މަގެކޭތަ؟ އެއްގޮތަކަށް ވެސް އެހެނެއް ނޫން.


އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަތިންނަމަ އަހަރެން މިވަނީ މަރުވެފައި. އަހަރެން އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަތީގައި މަރުވެ މިހިރީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގެ މަތީގައި ދިރިހުރުމަށްޓަކައި. އަހަރެން މިވަނީ އީސާގެފާނާއެކު ސަލީބުގައި މަރާލެވިފައި.


މިހާރު އަހަންނަކީ ކުރީގައި އުޅުނު މީހާއެއް ނޫން. އަހަރެންގެ ކިބައިގައި ދިރި މިވަނީ އީސާގެފާނު. އަހަރެން މިދިރިއުޅެނީ އެކަލޭގެފާނުގެ މައްޗަށް އޮތް އީމާންކަމެއްގެ ބާރުގައި. އެ ދިރިހުރުމަކީ އަހަރެން ދެކެ ނުހަނު ލޯބިފުޅުވާ މާތްކަލާނގެ ދަރިކަލުން އަހަންނަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރައްވައިގެން ދެއްވި ދިރިހުރުމެއް.


މީގެ މާނައަކީ މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތަކާއި ގަވާއިދުތައް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅާއި ފުށުއަރައޭ ހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް ދިރުންލިބޭނޭ ގަވާއިދެއް ވާނަމަ އެ ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުން ލިބުނީހެވެ.


އީސާގެފާނަށް އީމާންވީ މީހުން އެމީހުންގެ ކިބައިގައި ހުރި އަމިއްލަ ނަފްސުގެ ބޭނުންތަކާ އެދުންތައްފަދަ ކަންތައް ސަލީބަށް އަރުވައި މަރާލައިފިއެވެ.


އަހަރެން ތިޔަބައިމީހުންގެ ގާތު ކުރީގައި ވެސް މިހެން ބުނީމެވެ. އަނެއްފަހަރު މިހެން މިބުނަނީ ލޮލުން ކަރުނަ އޮހޭ ހާލުގައެވެ. އަލްމަސީޙު ސަލީބަށް އެރުވުނުކަން ދޮގުކޮށް އެކަމާ އަދާވާތްތެރިވެ އުޅޭ ބައި ވަރަށް ގިނައެވެ.


އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.


ތިޔަބައިމީހުން ތިޔަވަނީ އީސާއަލްމަސީޙު އަވަހާރަވުމާ ގުޅިގެން މަރުވެ ގޮސްފައެވެ. އެހެންކަމުން ތިޔަބައިމީހުންގެ މައްޗަކަށް ކާއިނާތުގެ ބަދު ރޫހުތަކުގެ ބާރެއް ނުހިނގާނެއެވެ. އެހެންވީ އިރު މި ދުނިޔެމަތީގެ ބައެއް ފަދައިން ތިޔަބައިމީހުން އުޅެމުން ދާންވީ ކީއްވެހެއްޔެވެ؟ އެފަދަ ޤާނޫނުތަކަށް ތިޔަބައިމީހުން ތަބާވާންވީ ކީއްވެހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ