Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:13 - ކިތާބުލް މުޤައްދަސާ

13 އަދި ޚިތާނު ކުރެވިފައިވާ މީހުންނަކީ ވެސް ކޮންމެހެން އަމުރުފުޅުތަކަށް ކިޔަމަންވާ ބައެއް ވެސް ނޫނެވެ. އެމީހުންގެ ބޭނުމަކީ ކަލޭމެން ލައްވާ އެފަދައިން ކަންތައް ކުރުވުނު ކަމުގެ ވާހަކަ ދައްކައި ބޮޑުކެނޑުމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:13
11 ပူးပေါင်းရင်းမြစ်များ  

ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެން އެއްގަމާ ކަނޑު ހުރަސްކޮށް އެންމެ މީހަކު ދީނަށް ވެއްދުމަށްޓަކާއި ދޭ، އަދި ކަލޭމެން އެކަން ކާމިޔާބު ކުރުމަށް ފަހު، އޭގެ ފަހުން ކަލޭމެން އެމީހާ ނަރަކަޔަށް ފޮނުއްވުމުގެ މަގު ކަލޭމެންނަށް ވުރެ ދެގުނައަށް އިތުރުކުރޭ.


ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެންގެ އާމްދަނީގެ ތެރެއިން ނުވަތަ ކަލޭމެންގެ ހަވާދު ދަނޑުގައިވާ ކުދީނާ އާއި ދަމުއި އާއި ދިރީގެ ބާވަތްތަކުން ވިޔަސް ދިހަބައިކުޅަ އެއްބައި މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަކުރައްވައި ކަލޭމެން ހުށަހަޅަން. ނަމަވެސް ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އުނގަންނައިދިނުންތައް ކަމުގައިވާ އިންސާފާއި، ރަޙުމަތާއި، ތެދުވެރިކަމާއިމެދު ކަލޭމެން ވަނީ އުރެދިފަ. ކަލޭމެންގެ ތަކެތިން ދިހަބައިކޮއް އެއްބައި ދިނުމަކީ ކުރަންޖެހޭނެ ކަމެއް. އެހެންވިޔަސް އެއީ އެއަށްވުރެ މުހިންމު ކަންތައްތައް ނުކޮށެއް ނޫން.


ވުމާއެކު، އެބައިމީހުން އުނގަންނައިދޭ އެންމެހާ ތަކެއްޗަށް ތިޔަބައިމީހުން ކިޔަމަންތެރިވޭ. ނަމަވެސް އެބައިމީހުންގެ އަމަލުތަކަކީ މިސާލެއްގެ ގޮތުގައި ބެލުން އެއީ ރަނގަޅު ކަމެއް ނޫން. އެއީ އެމީހުންނަކީ އެމީހުން ކިޔަވައިދޭ އެއްޗިއްސަށް އަމަލު ކުރާ ބަޔަކަށް ނުވާތީއެވެ.


ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް.


އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.


މިނިވަންކަން ދޭނެކަމުގެ ވަޢުދުތައް އެބައިމީހުން ކުރާނެއެވެ. ނަމަވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތައް ވަނީ ފާފަވެރިކަމުގައި މަގުފުރެދި އަޅުވެތިކަމުގައެވެ. ސަބަބަކީ މިފަދައިން ކަންތައްތަކުގެ ބާރުގެ ދަށުގައި ތިޔަބައިމީހުން ވާނަމަ ތިޔަބައިމީހުން ވެސް ވަނީ ހަމަ އެފަދައިން އަޅުވެތިކަމުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ