ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:10 - ކިތާބުލް މުޤައްދަސާ10 އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު އެމީހުންނާ އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ”ސަބަތުގެ ދުވަހެއްގައި އަހަރެމެންގެ ޤާނޫނު ހުއްދަ ކުރަނީ ކޮންކަމެއް ކުރުމަށް؟ އެހީތެރިވެ ދިނުމަށްތަ؟ ނޫނީ އަނިޔާވެރި ވުމަށްތަ؟ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްތަ؟ ނޫނީ އެ ފުރާނައެއް ނެތިކޮށްލުމަށްތަ؟“ ނަމަވެސް އެމީހުން އެއްވެސް އެއްޗެއް ނުބުނެއެވެ.
ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.
އީސާގެފާނު ވިދާޅުވިއެވެ. ”އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެ ތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުން ދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.
މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.
އެހެންވީމާ، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ދަރިކޮޅުގެ މީހުން ކަމުގައިވާ ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައިވާ ބައެއް ނުމެނޫންމެއެވެ. އެގޮތުން މިހާރު ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކާއި އެކުގައިވާ ރައްޔިތުންނެވެ. ތިޔަބައިމީހުން މިލްކުވެގެން ވަނީ މާތްރަސްކަލާނގެ އާއިލާއަށެވެ.
މާތްސާހިބާއަށް އަހަރެން މިލްކުވެގެން ވުމުން އަހަރެން ނިހާޔަތަށް އުފާވަމެވެ. ސަބަބަކީ ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާވެސް ތިޔަބައިމީހުންގެ އެހީތެރިކަމާއި އަޅާލުން އަހަންނާ މެދުގައި ފެނިގެން ދިޔަކަމެވެ. ހަމަކަށަވަރުން ވެސް ތިޔަބައިމީހުން އަހަންނާ މެދުގައި ވިސްނާކަން އަހަންނަށް އެނގިއްޖެއެވެ. އެހެނަސް މިއަދާއި ހަމައަށް ތިޔަބައިމީހުން އަހަންނާ މެދު ވިސްނާކަން ދައްކައިދޭނޭ އިތުރު ފުރުސަތެއްމެ ލިބިފައި ނެތްމެއެވެ.
މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. ދޫނުކޮށް މި ވާހަކަތަކުގައި ހިފެހެއްޓުމަށް މީސްތަކުންނަށް އަންގައިދޭށެވެ. އޭރުން އެންމެހާ މީސްތަކުން އެކަލާނގެއަށް ތެދުވެރިވެ، އިތުބާރާއެކު އަބަދާއި އަބަދު ހެޔޮޢަމަލުތައް ކުރުމުގައި ވާނެއެވެ. އަދި މިކަންތަކަކީ އެންމެހައި މީސްތަކުންނަށް ފައިދާ ކުރަނިވި ފުރިހަމަ ކަންތަކެވެ.
އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.
އެހެންކަމުން އަހަރެން ދާ ފަހަރަކުން ދިއޯތްރިފިސް ކުރިކަންތައް މަސީޙީ ޖަމާޢަތުގެ ސަމާލުކަމަށް ގެނުވާނަމެވެ. އޭނާ ވަނީ އަހަރެމެން ބަދުނާމުކޮށް އެތަކެއް ނޭދެވޭ ވާހަކަތަކެއް ދައްކާފައެވެ. އޭގެއިތުރުން ދަތުރުކުރަމުން އައި އެދުރުންތަކެއް ބަލައިނުގަނެ މަސީޙީ ޖަމާޢަތުން އެމީހުންނަށް އެހީއެއް ވެސް ވިޔަ ނުދީ ހުއްޓުވިއެވެ. އަދި އެމީހުންނަށް އެހީތެރިވާ ބަޔަކު ނަމަ އެޖަމާޢަތުން ބޭރު ވެސް ކުރިއެވެ.