ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:1 - ކިތާބުލް މުޤައްދަސާ1 މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެންގެ ތެރެއިން މީހަކު ފާފައެއް ކޮށްފިނަމަ، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ މީހަކު އެމީހާއަށް އޯގާތެރި ކަމާއި އެކު އެހީވެ އެމީހަކު ރަނގަޅު ކުރުވާށެވެ. މީހަކު ފާފައެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ވީމާ ކަލޭމެން ވެސް ވަރަށް ބަލައިގެން އުޅޭށެވެ. အခန်းကိုကြည့်ပါ။ |
އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.
އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙާއި މެދު މަތިވެރި ސާހިބާ ފަދައިން އިޙުތިރާމުކޮށް ޤަދަރު ކުރާށެވެ. އަދި ތިޔަބައިމީހުންގެ ވަނީ ކޮން އުންމީދެއްތޯ މީހަކު ތިޔަބައިމީހުންގެ ކައިރިން އަހައިފިނަމަ ކޮންމެ ވަގުތެއްގައި ވެސް ޖަވާބުދާރީވުމަށް ތައްޔާރުވެ ހުންނާށެވެ. ނަމަވެސް ތިޔަބައިމީހުން މިކަމުގައި އަމަލު ކުރަންވާނީ މަޑުމައިތިރި އަދި އެހާމެ ޤަދަރުވެރި ގޮތުގައެވެ.
އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ.