ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:9 - ކިތާބުލް މުޤައްދަސާ9 ސަމާލުވާށެވެ! މި އޮޅުވާލުމުގެ ފިލާވަޅުތަކުގެ ސަބަބުން، ބޮޑު ފުށްގަނޑެއްގެ ތެރެއަށް ކުޑަ ކަމީރު ކޮޅެއް ފެތުރިގެން ދާހެން އެންމެންގެ ވިސްނުން ތަޣައްޔަރު ކޮށްލާނެއެވެ. အခန်းကိုကြည့်ပါ။ |
އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.