ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:7 - ކިތާބުލް މުޤައްދަސާ7 ކަލޭމެންގެ މެދުގައި ކަންތައްތައް ވަމުން ދިޔައީ ނުލާހިކު ރަނގަޅަށް މެއެވެ. ވީއިރު ކަލޭމެންނަށް ތެދާއި އެއްގޮތަށް ކަންތައް ކުރުމަށް ހުރަސްއެޅީ ކާކުހެއްޔެވެ؟ အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.
އަހަރެން އެރަށަށް ދިޔައީ އަހަރެން ގޮސް ކުރަންވީ ކަންތައް މާތްކަލާނގެ އަހަންނަށް އަންގަވައި އިލްހާމު ކުރެއްވީމައެވެ. އަހަރެން އެރަށުގައި ހުރެ އީސާއީންގެ އިސް މީހުންގެ ގޮތުގައި ތިބި މީހުންނާ ވަކިވަކީން ބައްދަލު ކުރީމެވެ. އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އަހަރެން ދަސްކޮށް ދެމުން އައި ކަންތައް އެމީހުންނާ ޙިއްސާ ކުރީމެވެ. އަހަރެން ބަލަން ބޭނުންވީ އަހަރެން ދަސްކޮށްދެމުން އަންނަ ބަސްތަކާ މި ޖަމާޢަތުގެ މީހުން އެއްބަސްވޭ ތޯއެވެ. އެހެނީ އަހަރެން ދަސްކޮށް ދެމުން އައި ކަންތަކަކީ ބޭކާރު އެއްޗަކަށް ވާން އަހަރެން ބޭނުން ނުވާތީއެވެ.
އިބްރާހީމްގެފާނު އީމާންތެރިވެ މާތްރަސްކަލާނގެއަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ އެންގެވި ބިމަށް ދިއުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަމިއްލަ ރަށް ދޫކުރައްވައި ވަޑައިގެންނެވީ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ތަނަކާ ދިމާއަށެވެ. އެކަލޭގެފާނު މި ދަތުރު ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ.
އެހާ ގިނަ ބަޔަކު އަހަރެމެންގެ ވަށައިގެން ހެކިވާން އެބަވެއެވެ. ވީމާ އަހަރެމެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ހުރިހާ ކަމަކުން އެއްކިބާ ވަމާހެއްޔެވެ؟ ޚާއްސަކޮށް ފާފަތަކުންނެވެ. އަހަރެމެން ބަނދެލާފައިވާ ފާފައިން ހަށިފޮޅާލަމާ ހިނގާށެވެ! އަހަރެމެންގެ ކުރިމަތީގައި މިވާ ރޭސް ކާމިޔާބު ކުރުމުގެ އަޒްމުގައި ދުއްވައިގަންނަމާ ހިނގާށެވެ!