Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:5 - ކިތާބުލް މުޤައްދަސާ

5 އެހެނަސް މާތްރޫޙުފުޅު، އަހަރެމެންނަށް އަންގަވާދެއްވައި ޔަޤީންކޮށްދެއްވަނީ، އަހަރެމެން އީސާގެފާނަށް އީމާންވުމުގެ ސަބަބުން، މާތްރަސްކަލާނގެ އަހަރެމެންނަށް ރުއްސެވުން ދެއްވާނެ ކަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:5
17 ပူးပေါင်းရင်းမြစ်များ  

”⁠މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ ދިންނެވުމުގެ އިންތިޒާރުގައި މިއަޅާ ވަމު.⁠“


އެއީ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެން ހުރިހާ އެންމެންނަށް، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ފަރާތްތަކާއި އަދި ބަނީއިސްރާއީލުގެ ދަރިކޮޅަށް އެއް ރޫޙުފުޅެއްގައި ބައްޕާފުޅުގެ ޙަޟްރަތަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިދިނުމަށް ވެސް މެއެވެ.


އެކަލޭގެފާނުގެ ކިބަފުޅުގައި ވުމަށްޓަކައެވެ. އަހަރެންގެ އަމަލުތަކުގެ ރަނގަޅުކަމާމެދު މިންކުރުމަށް އެ ޤާނޫނުތަކަށް ތަބާވާން ޖެހޭނެ ކަމަކަށް ނުދެކެމެވެ. އަހަރެން ޞާލިޙުވަންތަ ވެފައި ވަނީ އަލްމަސީޙާ މެދު އޮންނަ އީމާންތެރިކަމަކުންނެވެ. މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން ރަނގަޅު ބަޔަކަށް ހައްދަވާ މަގު ވަނީ އެއީމާން ތެރިކަމުގެ ތެރޭންނެވެ.


އަދި އެކަލާނގެ ދަރިކަލުން ސުވަރުގެއިން އެނބުރި ވަޑައިގަންނަވާނޭ ދުވަހެއްގެ އިންތިޒާރުގައި ތިޔަބައިމީހުން ތިބި ކަމުގައި ވެސް އެބައިމީހުން އަހަރެމެންނަށް ބުނެދިނެވެ. އީސާގެފާނީ އަވަހާރަވެވަޑައިގެންނެވުމަށް ފަހު މާތްރަސްކަލާނގެ އަލުން ދިރުއްވި ކަލޭގެފާނެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅުން އަންނަން އޮތް ކޯފާއިން އަހަރެމެން ސަލާމަތް ކޮށްދެއްވަން ފޮނުއްވި ފަރާތް ވެސްމެއެވެ.


މާތް ސާހިބާ ތިޔަބައިމީހުންނަށް މާތްކަލާނގެ ލޯތްބާއި، އަދި އެކަލޭގެފާނުގެ ކިބައިން އަންނަ ކެތްތެރިކަމާއި ތަހައްމަލްކުރުމުގެ ވިސްނުން ދެއްވާށި.


މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.


އަހަރެމެން މިވަނީ އުންމީދުން ފުރިފައެވެ. އަހަރެމެން މިތިބީ މަތިވެރިކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު އެކަލާނގެ މަތިވެރި ނޫރުފުޅާއެކު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ