Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:3 - ކިތާބުލް މުޤައްދަސާ

3 އަހަރެން ތަކުރާރުކޮށް އަނެއްކާވެސް ބުނަމެވެ. ކަލޭމެން އެފަދައިން ކަންތައް ކޮށްފިނަމަ، މޫސާގެފާނު މެދުވެރިކުރައްވައި އެންގެވި ހުރިހާ އަމުރުފުޅުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ކަލޭމެން ކަންތައް ކުރަން ޖެހޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:3
19 ပူးပေါင်းရင်းမြစ်များ  

އޭ ލޯކަނު މަގުދައްކާދޭ މީހުންނޭ! ކަލޭމެންނަށް ހިތާމަ ހުރި! އެހެނީ ކަލޭމެން ދަސްކޮށްދެނީ މީހަކު ބައިތުލް މަޤްދިސް ގަންދީ ހުވާކޮށްފަ ކުރަން ބުނާ ކަމެއް ނުކުރިޔަސް މައްސަލައެއް ނޫންކަމަށް. އެކަމަކު ގެކޮޅުގައިވާ ރަންތައް ގަންދީ ހުވައެއް ކޮށްފިނަމަ އެހުވާ ދަމަހައްޓަން ޖެހޭނެ ކަމަށް.


ކަލޭމެން ދަސްކޮށްދެނީ ޤުރުބާން ހުށަހަޅާ އަށި ގަންދީ ހުވާ ކުރިޔަކަސް އެހުވާ ދަމަހައްޓަން ނުޖެހޭނެ ކަމަށް. އެކަމަކު އެއަށިމަތީގައި ޤުރުބާން ކުރެވޭ އެއްޗެއް ގަންދީ ހުވާކޮށްފި ނަމަ އެހުވައެއް ދަމަހައްޓަން ޖެހޭނެ ކަމަށް.


އެގޭގައި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ފަސް ފިރިހެނުން ތިބޭނެއޭ. އަޅުގަނޑު އުޅުނު ގޮތަށް ނޫޅޭން ލާޒަރު އެމީހުންނަށް އިންޒާރު ކޮށްފިނަމަ އެމީހުންނަށް މި ވޭނާއި އަނިޔާ ލިބޭ ތަނަށް އަންނާކަށް ނުޖެހޭނެއޭ.⁠‘


ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”⁠މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.⁠“


ޕަތަރަސް އެތައް އިރެއް ވަންދެން މި ގޮތުގެ މަތިން އެމީހުންނާއި ވާހަކަ ދެއްކިއެވެ. ޕަތަރަސް އެމީހުންނަށް އާދޭހާ އެކު ބުންޏެވެ. ”⁠ކަލޭމެންގެ ނަފްސު މި ނުބައި ޒަމާނުގެ މީހުންގެ ނުފޫޒުން ސަލާމަތް ކުރޭ.⁠“


އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް.


ނަމަވެސް ރަނގަޅު މީހަކަށްވެ، އަދި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހޯދުމަށްޓަކައި އަމުރުފުޅުތަކާއި ގަވާއިދުތަކެއްގެ މައްޗަށް ކަންތައްކުރާ މީހަކަށް މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އެއީ ލިޔެވިގެން ވަނީ މިފަދައިންނެވެ. ”⁠ލިޔެވިގެންވަންޏާ ވާހައި ގަވާއިދަކަށް ކިޔަމަންނުވެވޭ ކޮންމެ މީހަކަށް މާތްރަސްކަލާނގެ ވަނީ ލަޢުނަތް ލައްވާފައެވެ.⁠“


އަޑުއަހާށެވެ. އަހަރެން ޕައުލް ކަލޭމެންނަށް ބުނަމެވެ. ކަލޭމެން މާތްރަސްކަލާނގެ ދެއްވާ ރުއްސެވުން ހޯދުމަށް، ޚިތާނު ކުރަންޖެހޭ ކަމުގައި ދެކެނީނަމަ، ދެން އީސާ އަލްމަސީޙުގެ އެއްވެސް ބޭނުމެއް ކަލޭމެންނަކަށް ނުވެއެވެ.


އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.


މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ.


ހަމައެހެންމެ، މަސީޙީ އަޚަކު އޭނާގެ އަނެއް އަޚާގެ ޙައްޤަކަށް އެއްވެސް ޙާލަތެއްގައި ޖިންސީގޮތުން އަރައިގަނެގެން ނުވާނެއެވެ. މިފަދައިން އަމަލުކުރި ފަރާތަކަށް މާތްސާހިބާ ޢުޤޫބާތް ދެއްވާނެ ކަމުގައި އަހަރެމެން ވާނީ ތިޔަބައިމީހުންނަށް ބުނެދީ އަދި އިންޒާރު ދީފައެވެ.


އިތުރަށް ބުނެދޭނަމަ، މަތިވެރި ބައްޕާފުޅު އެކަލާނގެ ހަމައެކަނި ދަރިކަލުން މި ދުނިޔެއަށް ފޮނުއްވީ މުޅި މި ދުނިޔޭގެ އެންމެން ނަޖާ ކުރެއްވުމަށެވެ. އަހަރެމެންގެ ލޯތަކަށް މިކަންތައްތައް ފެނިފައިވާތީ އަހަރެމެން މިކަމަށް ހެކިވަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ