ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:22 - ކިތާބުލް މުޤައްދަސާ22 ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން، အခန်းကိုကြည့်ပါ။ |
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާތްރަސްކަލާނގެ ކަލޭމެން ތިޔަވަނީ އިޚުތިޔާރު ކުރައްވައި މިނިވަން ކުރައްވާފައެވެ. ނަމަވެސް އެއަކީ އެމިނިވަން ކަމުގެ ބޭނުންކޮށް ކަލޭމެންގެ އަމިއްލަ ފާފަވެރި އެދުންތައް ފުއްދުމަށް ދެއްވި މިނިވަންކަމެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އެހީވެ ލޯބިވުމަށްޓަކައި ދެއްވި މިނިވަންކަމެކެވެ.
އަހަރެންގެ މި ކުރު ސިޓީ ތިޔަބައިމީހުންނަށް ލިޔެފައި މިވަނީ އަހަރެންގެ ވަފާތެރި އަޚު ސިލާހުގެ އެހީތެރި ކަމާއެކުގައެވެ. އަދި އަހަރެން މިސިޓީ ތިޔަބައިމީހުންނަށް ލިޔުމުގެ އެންމެ ބޮޑު މަގުސަދަކީ މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާއި އެކުގައި ވާކަން ތިޔަބައިމީހުންނަށް ޔަޤީންކޮށްދީ ހިތްވަރު ދިނުމެވެ. މިގޮތުގެ މަތީގައި ތިޔަބައިމީހުން ފައިތިލަ ސާބިތުކޮށް ތިބޭށެވެ.