Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:20 - ކިތާބުލް މުޤައްދަސާ

20 ބުދަށް އަޅުކަންކުރުން، ފަންޑިތަ ސިހުރު ހެދުން، މީހުންނަށް ނަފްރަތު ކުރުން، މީހުންނާ ނުގުޅުން، މީހުންނާއި ހަސަދަވެރިވުން، ރުޅިއައުން، އަމިއްލަ އެދުންބޮޑުވުން، ބައިބައިވުން އުފެއްދުން، އެމީހަކާ އެއްބަސްނުވާ އެންމެންނަކީ ނުބައި މީހުން ކަމުގައި ދުށުން،

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:20
17 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވުމުގެ ބަދަލުގައި އަބަދު އެކަކު އަނެކަކާ ދެކޮޅުވެ އެކަކު އަނެކަކުގެ ނެތިމޮށެނީ ނަމަ ހަނދާންކުރާށެވެ. ކަލޭމެން އެކަކު އަނެކަކު މުޅިން ނެތި ވީރާނާ ކޮށްލާނެއެވެ.


ފިތުނަ އުފައްދާ ފަރާތްތަކަށް އެއްފަހަރު ނުވަތަ ދެފަހަރު އިންޒާރު ކުރާށެވެ. މިގޮތުން އިސްލާޙު ނުވިނަމަ ޖަމާޢަތުން އެބައިމީހުން އެކަހެރި ކުރާށެވެ.


ނަމަވެސް ކަލޭމެންގެ ހިތްތައް ހިތި ޙަސަދަވެރިކަމާއި އަމިއްލަ އެދުންތަކުގެ ޝަޢުޤުވެރިކަމުގައި ވާނަމަ ކަލޭމެންނީ ބުއްދިވެރި ބައެއް ކަމުގައި ބުނެ އަޑުއުފުލައި ބޮޑާނުވާށެވެ. އެއީ ތެދާ ދެކޮޅަށް ބުނާ ބުހުތާން ދޮގެކެވެ.


ދޮގުރަސޫލުން ބަނީއިސްރާއީލުގެ އަހުލުވެރިންގެ މެދުގައި ތިބި ފަދައިން ތިޔަބައިމީހުންގެ މެދުގައި ވެސް އެފަދަ މީހުން ތިބޭނެއެވެ. އެފަދަ ދޮގު ރަސޫލުން ސިއްރިއްޔާތުގައި އުނގަންނައިދޭނީ ދޮގު ފަތުވާތަކެވެ. އެފަދަ އުގަންނައިދިނުންތަކުގެ ސަބަބުން މީސްތަކުން މަގުފުރެދި ހަލާކުވެދެއެވެ. އެބައިމީހުން ބައްލަވައިގަތުމަށް ފަހު މިނިވަން ކޮށްދެއްވި ސާހިބު، އީސާގެފާނާއި މެދު ބަލައިގަތުމަށް އެބައިމީހުން އިންކާރު ކުރެއެވެ. އަދި އެފަދަ މީހުންގެ ނަފްސުތައް އަވަސްކަމާއެކު އެބައިމީހުން އަމިއްލައަށް ހަލާކުގެ ތެރެއަށް ގެނެއެވެ.


އެއްވެސް އަޚަކު ނުވަތަ އުޚުތަކު އަނެކާ އާ މެދު ނަފްރަތު ކުރާނަމަ އޭނާއަކީ ގާތިލެއް މެއެވެ. އަދި އެފަދަ ގާތިލުންގެ ކިބައިގައި ނިމުންނުވާ ޙަޔާތެއް އެކުލެވިފައެއް ނުވެއެވެ.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


މާތްރަސްކަލާނގެއާ ދެކޮޅުވެރި ވެގަތުމަކީ ސިހުރުހާހޫރަ ހެދުން ވަރުގެ ނުބައިކަމެއް. ބޮޑާވެގަތުމަކީ ބުދަށް އަޅުކަން ކުރުން ފަދަ ފާފަބޮޑު ކަމެއް. އެހެނީ ކަލޭގެފާނު މާތްރަސްކަލާނގެ އަމުރުފުޅަކާ ދެކޮޅު ހައްދަވައިފީމު. އެހެންކަމުން ކަލޭގެފާނަކީ ރަސްކަލެއް ކަމުގައި މާތްރަސްކަލާނގެ ބައްލަވާ ވޮޑިއެއް ނުގަންނަވާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ