Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:2 - ކިތާބުލް މުޤައްދަސާ

2 އަޑުއަހާށެވެ. އަހަރެން ޕައުލް ކަލޭމެންނަށް ބުނަމެވެ. ކަލޭމެން މާތްރަސްކަލާނގެ ދެއްވާ ރުއްސެވުން ހޯދުމަށް، ޚިތާނު ކުރަންޖެހޭ ކަމުގައި ދެކެނީނަމަ، ދެން އީސާ އަލްމަސީޙުގެ އެއްވެސް ބޭނުމެއް ކަލޭމެންނަކަށް ނުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:2
16 ပူးပေါင်းရင်းမြစ်များ  

ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”⁠މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.⁠“


އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.


އީސާގެފާނަށް އީމާންވެގެންވީ ފަރީސީނުގެ ބަޔަކު ވެސް އެތާނގައިވިއެވެ. މި ބައިމީހުން ބުންޏެވެ. ”⁠ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން އީސާގެފާނަށް އީމާންވެގެންވާ މީހުންނަށް މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ގަވާއިދުތަކަށް ކަންތައްކޮށް އަދި ޚިތާނު ކުރުމަށް ވެސް އަންގަން ޖެހޭނެއޭ.⁠“


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އަހަރެން މީހުންނަށް ޚިތާނު ކުރުމަށް އަންގަމުން ގެންދެއޭ މީހުން އެބުނާ ބުނުން އެއީ ތެދެއްނަމަ، އަހަރެންނަށް ބަނީއިސްރާއީލު މީހުންގެ ފަރާތުން މިހުރިހާ އުނދަގޫތަކެއް ލިބެމުން މިދަނީ ދެން ކީއްވެހެއްޔެވެ؟ އަހަރެން އެފަދައިން ކަންތައް ކުރަމުން ދާނަމަ އަލްމަސީޙު ގެ ސަލީބު ގެ ވާހަކަ އަންގާދީ ކިޔާދެމުން މިދާ ދިންނެވުމުގެ ވާހަކަތަކާހެދި އަހަންނާމެދު އެއްވެސް ދެކޮޅުވެރިކަމެއް ނުވީހެވެ.


އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.


ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށް އަހަރެމެން ވަރަށްބޮޑަށް އެދެމެވެ. އަހަރެން، ޕައުލް، ގިނަފަހަރު ދެވޭތޯ ބެލީމެވެ. ނަމަވެސް ޝައިތާނާ އެކަމަށް ހުރަސްއެޅިއެވެ.


މި ލިޔުން މިލިޔަނީ އަހަރެންގެ އަމިއްލަ އަތުންނެވެ. ”⁠އަހަރެން، ޕައުލް، ތިބާއަށް އެއަގު އަދާކުރާނަން.⁠“ ނަމަވެސް ތިބާގެ މުޅި ޙަޔާތް އަހަންނަށް ދަރާފައިވާކަން ފަހަރެއްގައި ވެސް ހަނދާން ނައްތާނުލާށެވެ.


އަހަރެމެންނަށް މި އިވެނީ އިސްވެ ދިޔަ މީހުންނަށް ވެސް އިވުނު ހެޔޮޚަބަރުފުޅެވެ. އެމީހުންނަށް އެ ރިސާލަތުގެ އަޑު އިވުމުން ވެސް ވީ ރަނގަޅެއް ނެތެވެ. އެހެނީ އެމީހުން އެ ރިސާލަތު އަޑު އެހުމަށް ފަހު ވެސް ގަބޫލުކޮށް އީމާނެއް ނުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ