Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:19 - ކިތާބުލް މުޤައްދަސާ

19 ކަލޭމެންގެ އަމިއްލަ ނަފްސުގެ އެދުންތަކާ އެއްފަދައިން ކަންތައް ކުރާނަމަ އޭގެ ނަތީޖާއެއްގެ ގޮތުން ކަލޭމެންގެ ދިރިއުޅުމުގައި ފެންނާނީ މިފަދަ ސިފަތަކާއި އަމަލު ތަކެވެ: ޖިންސީގޮތުން ހިންގޭ ނުބައި ގުޅުންތައް، ހިތުގައި އުފެދޭ ނުބައި ނުލަފާ ޚިޔާލުތައް، ވަޙުޝީ ނުބައި އަމަލުތައް ކުރުމަށް ޝައުޤުވެރިވުން،

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:19
30 ပူးပေါင်းရင်းမြစ်များ  

އިންސާނުން މެދުވެރިވެގެން އުފަންވަނީ ޖިސްމާނީ ދިރިހުރުން. ނަމަވެސް މާތް ރަސްކަލާނގެ މާތްރޫޙުފުޅުން އުފަންވާނީ ރޫޙާނީ ދިރިހުރުން.


ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާތްރަސްކަލާނގެ ކަލޭމެން ތިޔަވަނީ އިޚުތިޔާރު ކުރައްވައި މިނިވަން ކުރައްވާފައެވެ. ނަމަވެސް އެއަކީ އެމިނިވަން ކަމުގެ ބޭނުންކޮށް ކަލޭމެންގެ އަމިއްލަ ފާފަވެރި އެދުންތައް ފުއްދުމަށް ދެއްވި މިނިވަންކަމެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އެހީވެ ލޯބިވުމަށްޓަކައި ދެއްވި މިނިވަންކަމެކެވެ.


އެގޮތަކީ އަހަރެމެންގެ އަމިއްލަ ނަފްސުގެ އެދުންތަކަކީ މާތްރޫޙުފުޅުގެ އެދުންތަކަށް ނުވާތީއެވެ. އަދި މާތްރޫޙުފުޅު އެދޭގޮތަކީ އަމިއްލަ ނަފްސު އެދޭގޮތެއް ވެސް ނޫނެވެ. އަބަދުވެސް މާތްރޫޙުފުޅު އަހަރެމެންނަށް ރަނގަޅު ކަންތައްތައް ކުރުމަށް ހިތްޖައްސަވާ ހިނދު، ނުބައިކަންތައް ކުރުމަށް އަމިއްލަ ނަފްސު އަހަރެމެންނަށް ހިތް ޖައްސުވައެވެ. އެހެނަސް މާތްރޫޙުފުޅު ކަލޭމެންގެ ނަފްސުގެ އެދުމާއި އެއްގޮތަކަށް ކަންތައް ކުރުމަށް ހުރަސްއަޅައެވެ.


ފާފަވެރި، އަމިއްލަ ނަފްސުގެ އެދުންތަކަށް ކަންތައްކުރާ މީހުންނަށް އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭނީ ހަލާކާއި ނެތިވެދިއުމެވެ. މާތްރޫޙުފުޅުގެ އެދުމާއި އެއްގޮތަށް ކަންތައްކުރާ މީހުންނަށް މާތްރޫޙުފުޅުގެ ސަބަބުން ލިބޭނީ ނިމުންނުވާ ޙަޔާތެވެ.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ނަމަވެސް އެސަހަރުގެ ބޭރުގައި ތިބޭނީ ވަޙުޝީ އަމަލުތައް ކުރި މީސްތަކުންނާއި ފަންޑިތަވެރިންނާއި، ފާޙިޝް މީހުންނާއި، ގާތިލުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، އަދި އަމަލުންނާއި ބަހުން ދޮގުވެރިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ