Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:17 - ކިތާބުލް މުޤައްދަސާ

17 އެގޮތަކީ އަހަރެމެންގެ އަމިއްލަ ނަފްސުގެ އެދުންތަކަކީ މާތްރޫޙުފުޅުގެ އެދުންތަކަށް ނުވާތީއެވެ. އަދި މާތްރޫޙުފުޅު އެދޭގޮތަކީ އަމިއްލަ ނަފްސު އެދޭގޮތެއް ވެސް ނޫނެވެ. އަބަދުވެސް މާތްރޫޙުފުޅު އަހަރެމެންނަށް ރަނގަޅު ކަންތައްތައް ކުރުމަށް ހިތްޖައްސަވާ ހިނދު، ނުބައިކަންތައް ކުރުމަށް އަމިއްލަ ނަފްސު އަހަރެމެންނަށް ހިތް ޖައްސުވައެވެ. އެހެނަސް މާތްރޫޙުފުޅު ކަލޭމެންގެ ނަފްސުގެ އެދުމާއި އެއްގޮތަކަށް ކަންތައް ކުރުމަށް ހުރަސްއަޅައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:17
35 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ދިރުންދޭ ނޭވާއެއް އަބަދަކު އިންސާނުންނާއި އެކުގައި ނުވާނެ. އެއީ އެމީހުންނަކީ ފަނާވެ ނެތިދާނެ ބައެއް. އެމީހުންގެ މުއްދަތަކަށް ވާނީ ސަތޭކަ ވިހި އަހަރު.⁠“


އަހަރެންނަށް ތާއީދު ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅުވެރި މީހެއް. އަދި އަހަރެންނާއި އެކުގައި މަސައްކަތް ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅަށް މަސައްކަތް ކުރާ މީހެއް.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ ޔޫނުސްގެ ދަރި ޝަމްއޫނު. ތިބާއަށް ބަރަކާތްހުރި. އެހެނީ އެއްވެސް މީހަކު އެކަން ތިބާއަށް ހާމަކޮށްދީފައި ނުވޭ. އަހަރެންނަކީ ކާކުކަން ތިބާއަށް އަންގައިދިނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު.


މިހެން ޕަތަރަސް ދެންނެވުމުން އެކަލޭގެފާނު އޭނާއާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. ”⁠އަހަރެންގެ ކައިރިން އެއްކިބާވޭ، ޝައިތާނާ! ތިއުޅެނީ އަހަރެންގެ މަގަށް ހުރަސްއަޅަން. ތިބާގެ ތިޔަ ވިސްނުމަކީ މާތްރަސްކަލާނގެ ކިބަފުޅުގައިވާ ވިސްނުމެއް ނޫން. ތިއީ އިންސާނީ ވިސްނުމެއް.⁠“


ހޭލާ ތިބޭ! އަދި ވަސްވާސްތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި ދުޢާކުރޭ. ތިޔަބައިމީހުންގެ ރޫޙު އެދެނީ ހެޔޮ އަމަލުތައް ކުރުމަށް. ނަމަވެސް ޖިސްމާނީ ގޮތުން ތިޔަބައިމީހުން ވަނީ ބަލިކަށިވެގެން.⁠“


މާތްރަސްކަލާނގެ ބަރަކާތް ހުރީ ކެއުން ބުއިމަށް ހައިވެ ކަރުހިއްކާފައިވާ ފަދައިން މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް އަމަލު ކުރުމަށް އެދޭ މީހުންނަށް. އެހެނީ އެފަދަމީހުން އެދޭ އެދުންތައް ފުރިހަމަވެ ހާސިލުވެގެން ދާނެ.


ދެން ޝަމްއޫނު ޖަވާބުގައި ބުންޏެވެ. ”⁠މާތްސާހިބާ. އަޅުގަނޑު ކަލޭގެފާނުގެ އަރިހުގައި ޖަލަށް އަދި ކީއްކުރަން މަރުވުމަށް ވެސް މިހިރީ ތައްޔާރަށް.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ނިދަނީ ކީއްވެ؟ ތެދުވޭ. ކަލޭމެން ވަސްވާހާއި ފާފައިގެ ތެރެއަށް ނުވެއްޓޭތޯ ދުޢާކުރޭ.⁠“


އިންސާނުން މެދުވެރިވެގެން އުފަންވަނީ ޖިސްމާނީ ދިރިހުރުން. ނަމަވެސް މާތް ރަސްކަލާނގެ މާތްރޫޙުފުޅުން އުފަންވާނީ ރޫޙާނީ ދިރިހުރުން.


މީގެ މާނައަކީ މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތަކާއި ގަވާއިދުތައް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅާއި ފުށުއަރައޭ ހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް ދިރުންލިބޭނޭ ގަވާއިދެއް ވާނަމަ އެ ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުން ލިބުނީހެވެ.


އަހަރެމެން ހުރިހާ އެންމެންނަށް ގިނަފަހަރަށް ކުށަށް އަރައިގަނެވެއެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ދޫ ރައްކާތެރި ކުރާ މީހާއަކީ ފުރިހަމަ ގޮތުގައި އޭނާގެ އަމިއްލަ ނަފްސު މައްޗަށް ބާރު ފޯރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ