ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:16 - ކިތާބުލް މުޤައްދަސާ16 އެހެންވީމާ އަހަރެން ކަލޭމެންނަށް ބުނަމެވެ. މާތްރޫޙުފުޅު ކަލޭމެންނަށް ދައްކަވާ މަގުން ހިނގަމުން ދާ ނަމަ ކަލޭމެންގެ ނަފްސު ދައްކާ ވިޔާނުދާ އެދުންތަކާ ދިމާއަށް ދާކަށެއް ނުޖެހޭނެއެވެ. အခန်းကိုကြည့်ပါ။ |
އަހަރެމެން އެންމެން ވެސް މާޒީގައި ޙަޔާތު ވޭތުކުރީ އެފަދައިންނެވެ. އަހަރެމެންގެ ޖިސްމާއި ބުއްދީގެ މައްޗަށް ބާރު ހިންގީ އަމިއްލަ އެދުންތަކެވެ. އަހަރެމެންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާގެ ވޭން އަހަރެމެން އުފުލަން ޖެހޭނެވެ. އޭރު އަހަރެމެން ހުރިހާ އެންމެންނަކީ އެފަދަ މީހުންނާއި ތަފާތެއްނެތް ބައެކެވެ.
މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.