ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:12 - ކިތާބުލް މުޤައްދަސާ12 ކަލޭމެން ޚިތާނު ކުރަން އެއުޅޭ މީހުން، އެމީހުންގެ އެގުނަވަން، އެއްކޮށް ބުރިކޮށްލިޔަސް އަހަންނަށް ހެވެވެ. အခန်းကိုကြည့်ပါ။ |
އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.
ޕަތަރަސް އޭނާއަށް ބުންޏެވެ. ”ކަލޭމެން ދެމީހުން އެއްބަސްވެ އަޅެ ތި ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭމެން ދެމީހުން އެއްބަސްވެ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އަޖުމަ ބެލުމަށް ތިޔަ ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭގެ ފިރިމީހާ އަނާނިޔާހު ވަޅުލި މީހުން އެ ތިބަ އައިސް ވަންނަނީ. އެމީހުން ކަލޭ ވެސް ގެންދާނެ.“
އަދި ކީތް ހެއްޔެވެ؟ އެތާ އަހަރެމެންގެ ތެރޭގައި ތިބި ވަކި ބަޔަކު އެކަމާއި ގަދައަޅާ ވާހަކަ ނުދެއްކިނަމަ އެވާހަކަ ނުވެސް ދެއްކުނީހެވެ. އެމީހުންނަކީ އީސާގެފާނަށް އީމާންވެގެން ތިބި ކަމަށް ހެދިގެން އަހަރެމެންނަށް ފާރަލުމަށް އުޅުނު ބަޔެކެވެ. އެމީހުންގެ ބޭނުމަކީ އީސާ އަލްމަސީޙުގެ ސަބަބުން އަހަރެމެންނަށް ލިބިފައިވާ މިނިވަންކަން އަހަރެމެން އަތުން އަތުލައި އަހަރެމެން ދީނުގެ ގަވާއިދުތަކުގެ އަޅުންނަށް ހެދުމެވެ.