Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:11 - ކިތާބުލް މުޤައްދަސާ

11 މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އަހަރެން މީހުންނަށް ޚިތާނު ކުރުމަށް އަންގަމުން ގެންދެއޭ މީހުން އެބުނާ ބުނުން އެއީ ތެދެއްނަމަ، އަހަރެންނަށް ބަނީއިސްރާއީލު މީހުންގެ ފަރާތުން މިހުރިހާ އުނދަގޫތަކެއް ލިބެމުން މިދަނީ ދެން ކީއްވެހެއްޔެވެ؟ އަހަރެން އެފަދައިން ކަންތައް ކުރަމުން ދާނަމަ އަލްމަސީޙު ގެ ސަލީބު ގެ ވާހަކަ އަންގާދީ ކިޔާދެމުން މިދާ ދިންނެވުމުގެ ވާހަކަތަކާހެދި އަހަންނާމެދު އެއްވެސް ދެކޮޅުވެރިކަމެއް ނުވީހެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 5:11
17 ပူးပေါင်းရင်းမြစ်များ  

ޕައުލް ތިމޮތީ އޭނާއާއި އެކު އޭނާގެ ދަތުރުގައި ބައިވެރިކުރުމަށް ބޭނުންވިއެވެ. ނަމަވެސް އެހިސާބުގެ އެންމެންނަށް ވެސް އެނގޭ ގޮތުގައި ތިމޮތީގެ ބައްޕައަކީ ގުރީކު މީހެކެވެ. އެހެންވެ އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ހިތްހަމަ ޖެއްސުމުގެ ގޮތުން ޕައުލް ތިމޮތީ ގާތު އެދުނި އޭނާއާއި އެކު އެދަތުރުގައި ދިއުމުގެ ކުރިން ތިމޮތީ ޚިތާނު ކުރުމަށެވެ.


ނަމަވެސް ތިޔަބޭފުޅާ އެހެން ޤައުމުތަކުގައި އުޅޭ ބަނީއިސްރާއީލު މީހުންނަށް މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ޤާނޫނުތަކާ ގަވާއިދުތައް ދޫކޮށްލުމަށް އަންގާ އަދި އެމީހުންގެ ދަރިން ޚިތާނު ނުކުރުމަށާ ބަނީއިސްރާއީލުގެ އާދަކާދަތަކާއި ދުރުވުމަށް ވެސް އަންގަމުން ދާ ވާހަކަ އެމީހުންނަށް ވަނީ އިވިފަ.


ދެން އެމީހުން ބުންޏެވެ. ”⁠ބަނީއިސްރާއީލު މީހުންނޭ، އަހަރެމެންނަށް އެހީވެދީ. މިމީހާއަކީ ހުރިހާ ތަނެއްގައި އަހަރެމެންނާ އަހަރެމެންގެ ދީނީ ގަވާއިދުތަކާ އަދި އަހަރެމެންގެ ހުރުމަތް ތެރި ބައިތުލް މަޤްދިސް އާއި ދެކޮޅަށް މީސްތަކުންނާ ވާހަކަދައްކަމުން ދާ މީހެއް. އަދި މިހާރު ބައިތުލް މަޤްދިސް ނުތާހިރު ކުރުމަށް އޭނާ ކާފަރުންގެ ބަޔަކު ވެސް ގެނެސް އެ ޙުރުމަތްތެރި ހަރަމް ފުޅަށް އެ ވެއްދީ.⁠“


އަދި އަހަރެންނާއި އެކުގައިވާ ތީތުސް އަކީ ގުރީކު މީހެއް ކަމަށް ވީނަމަވެސް އޭނާ ޚިތާނު ކުރުމަށް އެމީހުން ގަދައަޅާ މަޖުބޫރެއް ނުކުރެއެވެ.


އޭ މޮޔަ ހޭނުޖެހޭ ގަލާތިޔާގެ މީހުންނެވެ! ކަލޭމެން ތިޔަވަނީ ކާކުގެ ކޮންފަދަ އަވައެއްގަ ޖެހިފައި ހެއްޔެވެ؟ ކުރިން ކަލޭމެންނަށް އީސާގެފާނު ސަލީބުގައި އަވަހާރަވެދިޔަ ސަބަބު ފުރިހަމައަށް ސާބިތުވެ އެނގުނެވެ.


އަޅު އަންހެނަކަށް އިންސާނީ ހަމަތަކުން އުފަންވި ދަރިކަލުން، މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅުގެ ސަބަބުން އުފަންވި ދަރިކަލުންނާ ދެކޮޅުވެ އަނިޔާވެރިވިއެވެ. ހަމަ އެފަދައިން އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައިވާ މީހުން، އަހަރެމެން މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބުމުގެ ސަބަބުން އުފަންވެފައިވާ މީހުންނާއި ވެސް، ދެކޮޅުވެރިވެ އަނިޔާވެރިވެއެވެ.


ކަލޭމެންނަށް ޚިތާނު ކުރުމަށް މަޖުބޫރުކުރަމުން އެދާ މީހުން އެކަން އެކުރަނީ ހަމައެކަނި މީހުންގެ ކުރިމަތީގައި މާ ރަނގަޅުބަޔަކަށް ވުމަށެވެ. އެމީހުން އެގޮތަށް އެކަންތައް ކުރަނީ އަލްމަސީޙު ދެއްކެވި ގޮތަށް ކަންތައް އުގަންނައި ދިނުމުން އެމީހުންނަށް ލިބިދާނެ އަނިޔާއަކުން ސަލާމަތް ވެ ގަތުމަށެވެ.


އެހެންކަމުން މީގެ ފަހުން އެކަކު ވެސް މިބާވަތުގެ ކަންތަކާ މެދު އަހަންނަށް އުނދަގޫކޮށްގެން ނުވާނެއެވެ. އެއީ މިހާރު ވެސް އަހަރެންގެ ގައިގައި އަހަރެންނަކީ އީސާގެފާނުގެ މީހެއްކަން އެނގޭނެ އެތައް އެތައް ލަކުނުތަކެއް އެބަ ހުއްޓެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ