ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:9 - ކިތާބުލް މުޤައްދަސާ9 ނަމަވެސް މިހާރު ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން އެނގިއްޖެއެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ މާތްރަސްކަލާނގެ ކަލޭމެން ދެނެވޮޑިގެންފިއެވެ. ވީއިރު އަނެއްކާ ކަލޭމެން ކުރީގެ ގޮތްތަކަށް އެނބުރި ގޮސް، ދުނިޔޭގައި ވެރިކަން ހިންގަމުން ދާ ބާރެއް ނެތް ބޭކާރު ރޫޙުތަކެއްގެ ދަށުވުމަށް ދާން ތިޔަ އުޅެނީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް ކަލޭމެން ބޭނުމީ އެތަކެތީގެ އަޅުންނަށް ވުމަށްހެއްޔެވެ؟ အခန်းကိုကြည့်ပါ။ |
އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙާއި މެދު އުނގެނި ގަތުމުން ދުނިޔޭގެ ނުބައި ނުލަފާ ގޮތްތަކުން އެބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދެއެވެ. ނަމަވެސް އެބައިމީހުން ފާޙިޝް އަމަލުތަކުގެ ތެރެއަށް ދިއުމުން އެކަންތަކުގެ ޝިކާރައިގައި ޖެހި ހަލާކުވެ އިހުނަށް ވުރެން ގޯސް ހާލަތަކަށް ހިނގައިދާނެއެވެ.
މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.