އެއްދުވަހަކު ހާޖަރުގެ ފިރިހެންދަރިކަލުން އިސްމާޢީލް، އިސްޙާޤާއިއެކުގައި ތޮޅެސަމާސާ ކުރަނިކޮށް ސާރާއަށް ފެނިވަޑައިގަތެވެ. އަދި ސާރާ އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”މިޞްރުގެ މި ޖާރިޔާ އާއި އޭނާގެ ދަރި ފޮނުވާލައްވާ! އަދި އޭނާގެ ދަރިއަށް ތަރިކަ މުދަލުން އެއްވެސް މިންވަރެއް ވެސް ދެއްވައިގެން ނުވާނެ. އެންމެހާ ތަރިކަ މުދަލެއް ލިބެން ޖެހޭނީ އަހަރެންގެ ދަރިފުޅު އިސްޙާޤަށް.“