Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:28 - ކިތާބުލް މުޤައްދަސާ

28 މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އިސްޙާޤުގެފާނު ފަދައިން ކަލޭމެން ވެސް ތިޔައީ ހަމަ އެކަލާނގެ ކުރެއްވި ވަޢުދުފުޅުގެ ސަބަބުން އުފަންވި ދަރިންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:28
8 ပူးပေါင်းရင်းမြစ်များ  

އެ ހިނދު މާތްރަސްކަލާނގެ ވަޙީބަސްފުޅު އަބްރާމްއަށް އިވިގެންދިޔައެވެ. ”⁠ތިބާގެ އަޅު އަލީޢާޒަރަށް އެތަކެއްޗެއް މިލްކެއް ނުވާނެ. އެހެނީ ތިބާއަށް އުފަން ދަރިއަކު ލިބޭނެ.⁠“


އެކަލާނގެ ރަސޫލުންނާއި ނަބީބޭކަލުންނަށް އެކަލާނގެ އެންގެވީ ހަމަ ތިޔަބައިމީހުންނަށް މި ކަންތައްތައް އަންގައިދިނުމަށް. އަދި މާތްރަސްކަލާނގެ ކަލޭމެންގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނަށް ކުރެއްވި ޢަހުދުނާމާއަކީ ހަމަ ކަލޭމެންނާއެކުގައި ވެސް ކުރެވިފައިވާ ޢަހުދުނާމާއެއް. އަދި މި ޢަހުދުނާމާއާ ބެހޭ ގޮތުން ކަލޭމެންނަށް ވެސް ވަނީ އެންގެވިފަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވި. ’⁠ކަލޭގެ ދަރިކޮޅުގެ މީހެއް މެދުވެރިކޮށް ތިމަންކަލާނގެ މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާނަމޭ.⁠‘


ވީމާ ކަލޭމެންނަކީ އީސާގެފާނުގެ ބަޔަކަށް ވާނަމަ ކަލޭމެން ތިޔައީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ކަލޭމެންނަކީ އެކަލޭގެފާނުގެ ތަރިކައިގެ މިލްކުވެރިންނެވެ. ވީމާ މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅަކީ ކަލޭމެންނަށް ވެސް ކުރެއްވި ވަޢުދުފުޅެކެވެ.


އަޅު އަންހެން މީހާއަށް ލިބުނު ދަރިކަލުންނަކީ އިންސާނީ އަމިއްލަ ނިންމެވުމެއްގެ މަތިން އުފަންވި ދަރިކަލެކެވެ. ނަމަވެސް އަނެއް ދަރިކަލުންނަކީ އެކަލޭގެފާނަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅެއްގެ ސަބަބުން އުފަންވި ދަރިކަލެކެވެ.


މަގޭ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅު ކަލޭމެންނާއި އެކު ލަހައްޓަވާށިއެވެ. އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ