Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:26 - ކިތާބުލް މުޤައްދަސާ

26 ނަމަވެސް މިނިވަނެއްގެ ގޮތުގައިވި އަނބި ސާރާގެ މިސާލަކީ ސުވަރުގޭގައި ވާފަދަ ޖެރޫސަލަމެވެ. އަދި އެއީ އަހަރެމެން އީސާގެފާނަށް އީމާންވެތިބި އެންމެންގެ މަންމައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:26
27 ပူးပေါင်းရင်းမြစ်များ  

އެހެން ކަމުން އެފިރިހެން ދަރިފުޅު ކަލޭމެން މިނިވަން ކޮށްފިނަމަ ކަލޭމެންނަކީ ފުރިހަމަ މިނިވަނުން ކަމުގައި ވާނެ.


ލިޔެވިގެންވެއެވެ. އިބްރާހީމްގެފާނަށް ދެ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އޭގެން އެއްދަރިކަލެއްގެ މަންމައަކީ އެކަލޭގެފާނުގެ އަޅެކެވެ. އަދި އަނެއް ދަރިކަލުންގެ މަންމައަކީ މިނިވަނެކެވެ.


އަދި ޖެރޫސަލަމް މިހާރުވަނީ ޠޫރުސީނާ ފަދައިންނެވެ. އެއީ އެރަށާއި އެރަށުގެ ހުރިހާ ދަރިން އެވަނީ އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި އަޅުވެތިވެފައެވެ.


އީސާ އަލްމަސީޙު އަހަރެމެން މިނިވަން ކުރައްވައިފިއެވެ. ވީމާ އެނބުރި އަނެއްކާ އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަޅީގައިޖެހި އަޅުވެތި ނުވެ މިނިވަންކަން މަތީ ތިބޭށެވެ.


އެހެނަސް އަހަރެމެންގެ ޙަޤީޤީ ވަޒަނަކީ ސުވަރުގެއެވެ. އަދި ޝައުޤުވެރި ކަމާއެކު އަހަރެމެން އިންތިޒާރު ކުރަނީ އަހަރެމެން ދިންނަވާ ފަރާތް މާތްސާހިބާ އީސާ އަލްމަސީޙު ސުވަރުގެއިން ވަޑައިގަންނަވާނެ ވަގުތަކަށެވެ.


އެކަމަކު ކަލޭމެން މިހާރު އައިސް ތިޔަތިބީ ޞިޙްޔޫނު ފަރުބަދަމަތީގައެވެ. އެއީ ދިރިދެމިވޮޑިގެންވާ ކަލާނގެ ރަށެވެ. އެއީ އުޑުގައިވާ ޖެރޫސަލަމެވެ. އެއީ އަދަދު ނުކުރެވޭހާ މަލާއިކަތުން އުފާވެރިކަމާއެކު ބައްދަލު ކުރައްވަމުން ގެންދަވާ ތަނެވެ.


ތިޔަބައިމީހުންނީ އަޅުންގެ ގޮތުގައިވާ ބައެއްނޫނެވެ. ތިޔަބައިމީހުން ވަނީ މިނިވަން ކުރެވިގެންނެވެ. ނަމަވެސް ތިޔަބައިމީހުންގެ މިނިވަންކަމަކީ ފާޙިޝް އަމަލުތަކަށް އަރައިގަތުންކަމުގައި ބަލައިގެންނުވާނެއެވެ. މާތްރަސްކަލާނގެ ޚާދިމެއްގެ ގޮތުގައި ޙަޔާތުވޭތުކުރާށެވެ.


އެއަށް ފަހު، ވަރަށް މުހިންމު އަލާމާތެއް އުޑުން ފައުޅުވެގެން ދިޔައެވެ. އަންހެނަކު އެތާގައިވިއެވެ. އެކަނބުލޭގެ ލައިގެންހުރި ފޭރާމަކީ އިރެވެ. އަދި އެ އެކަނބުލޭގެ ފައިތިލަ ދަށުގައި ހަނދުވިއެވެ. އަދި އެކަނބުލޭގެ ބޮލުގައި ބާރަ ތަރީގެ ތާޖެއް ވިއެވެ.


އޭނާގެ ނިތްކުރީގައި ލިޔެވިފައިވާ ލިޔުމުގައި ވަންހަނާ ކުރެވިފައިވާ މާނައެއް ވެއެވެ. ލިޔެވިފައިވިއެވެ. ”⁠މަތިވެރި ބާބިލް. ނާސި އަންހެނުންގެ މައިއަންހެނާ އާއި އަދި ދުނިޔޭގައިވާ އެންމެ ނުބައިކަމުގެ މައި އަންހެނާ.⁠“


މުޤައްދަސް ސަހަރު ކަމުގައިވާ އާ ޖެރޫސަލަމް، އަލަތު ކައިވެނީގެ އަނތްބަކު ކައިވެނީގެ ހެދުމުގައި އަލަތު ފިރިމީހާއާއި ބައްދަލު ކުރުމަށް ތައްޔާރުވެގެން އައި ފަދައިން މާތްރަސްކަލާނގެ ޙަޟްރަތުން އުޑުން ތިރިއަށް ފައިބައިގެން އައިތަން އަހަރެން ދުށީމެވެ.


ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ