Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:25 - ކިތާބުލް މުޤައްދަސާ

25 އަދި ޖެރޫސަލަމް މިހާރުވަނީ ޠޫރުސީނާ ފަދައިންނެވެ. އެއީ އެރަށާއި އެރަށުގެ ހުރިހާ ދަރިން އެވަނީ އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި އަޅުވެތިވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:25
12 ပူးပေါင်းရင်းမြစ်များ  

”⁠ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެން ވަނީ މާތް ރަސްކަލާނގެ ފޮނުއްވި ނަބީންތައް މަރާލާފައި. އަދި ރަސޫލުންތައް ރަޖަމުކޮށްފައި. ކުކުޅެއް އޭގެ ފިޔޮށްތައް ފިޔަގަނޑުގެ ދަށަށްލާ ރައްކާތެރިކަން ދޭ ފަދައިން ކަލޭމެން އެއްކޮށް ކަލޭމެންނަށް ޙިމާޔަތްތެރިކަން ދިނުމަށް އަހަރެން އުޅެފިން. ނަމަވެސް މިހާތަނަށް އެ ފުރުސަތު ކަލޭމެން ވަނީ އަހަރެންނަށް ނުދީފަ.


އޭ ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެންނީ ކަލޭމެންގެ ކައިރިއަށް ފޮނުއްވޭ ނަބީބޭކަލުން މަރާ ކަލޭމެންގެ ކައިރިއަށް ފޮނުއްވޭ މީހުންގެ ގައިގައި އޮށްގަލުންތަޅާ މީހުން. ކުކުޅެއް ޅަ ފިޔޮއްތައް އޭގެ ފިޔަގަނޑު ދަށަށްލާ ރައްކާކުރާ ފަދައިން އަހަރެން ކިތައްފަހަރު މަތިން ކަލޭމެން އެއްކޮށް ގާތް ކުރަން އުޅެފީމު؟ ނަމަވެސް ކަލޭމެން އެގޮތެއް ގަބޫލެއް ނުކުރޭ.


އެމީހުން ކަލޭމެންނާއި ކަލޭމެންގެ ދަރިން މަރާ ނެތިކޮށްލާނެ. ކަލޭމެންގެ ދުޝްމިނުން ކަލޭމެންގެ ހުރިހާ އެއްޗެއް ބިމާއި ހަމަހަމަ ކޮށްލާނެ. އެއީ ކަލޭމެންގެ ކައިރީގައި މާތްރަސްކަލާނގެ ވޮޑިގެން ވީ އިރު ކަލޭމެން އެކަމުގެ މުހިންމު ކަން ދެނެ ނުގަތުމުގެ ސަބަބުން.⁠“


އެދެމީހުން މަންދޫބުންނަށް ބުންޏެވެ. ”⁠އޭ ގަލީލީގެ މީހުން. ކަލޭމެން މިތާ އުޑަށް ބަލަހައްޓައިގެން ތިޔަ ތިބީ ކީވެފަ؟ އީސާގެފާނު ސުވަރުގެ ގެންދަވައިފި. އަދި ހަމަ އެކަލޭގެފާނު ގެންދެވިތަން ކަލޭމެން ތިޔަ ދުށް ފަދައިން އެއް ދުވަހަކުން ހަމަ އެފަދައިން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވާނެ.⁠“


އަދި އަހަރެންގެ ކުރިން އީސާގެފާނަށް އީމާންވެތިބި އެކަލޭގެފާނުގެ މަންދޫބުންގެ ގާތަށް ޖެރޫސަލަމަކަށް ވެސް އަހަރެންނެއް ނުދަމެވެ. ހަމަވަގުތުން އަހަރެން ދިޔައީ އަރަބިކަރައަށެވެ. ދެން އެތަނުން އެނބުރި އަހަރެން ދިޔައީ ދިމިޝްޤަށެވެ.


މިދެ އަންހެނުންނަކީ މާތްރަސްކަލާނގެ ކުރެއްވި ދެ އިޤުރާރުފުޅު ފަދަ މިސާލެކެވެ. އަޅު އަނބި ހާޖަރުގެ މިސާލަކީ އަރަބިކަރައިގެ ޠޫރުސީނާ ފަރުބަދައެވެ. އެއީ ބަނީއިސްރާއީލު މީހުން އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި އަޅުވެތިވީ އެފަރުބަދައިގައެވެ.


ނަމަވެސް މިނިވަނެއްގެ ގޮތުގައިވި އަނބި ސާރާގެ މިސާލަކީ ސުވަރުގޭގައި ވާފަދަ ޖެރޫސަލަމެވެ. އަދި އެއީ އަހަރެމެން އީސާގެފާނަށް އީމާންވެތިބި އެންމެންގެ މަންމައެވެ.


ކަލޭމެންނަށް އަސްލު ޠޫރުސީނާ ފަރުބަދައަކަށް ނޭރެއެވެ. އަދި އެތަނުގައި އަތްލައި ބަލައެއް ވެސް ނުހެދެއެވެ. އެތަނުގައިވާ އަލިފާނުގެ ހޫނުކަމާއި އަނދިރިކަމާއި ދަތިއުނދަގޫކަމާއި އެނބުރޭ ވައިރޯޅިތަކާއި މިކަންކަން އިސްރާއީލުންނެކޭ އެއް ފަދައިން ތަޖުރިބާ ކުރެވިފައެއް ވެސް ނުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ