ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:21 - ކިތާބުލް މުޤައްދަސާ21 ކަލޭމެންގެ ތެރެއިން ބަޔަކު އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި ވުމަށް އަދިވެސް އެދެއެވެ. ބުނެބަލާށެވެ. އެ އަމުރުފުޅުތަކުގައި ވަނީ ކީކޭކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟ အခန်းကိုကြည့်ပါ။ |
އެއްވެފައި ތިބި މީސްތަކުން ބުންޏެވެ. ”މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްތަކުގައި އެކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާ ފަރާތް ކަމުގައިވާ އަލްމަސީޙު އަބަދުގެ އަބަދަށް ދިރިހުންނަވާނެ ކަމުގައި ލިޔެވިގެންވޭ. ވީއިރު ތިޔަ ބުނަނީ ކޮން އިންސާނާގެ ދަރިކަލުންނެއް މަރުވާނެ ވާހަކަތަ؟ ތިޔަ ބުނާ އިންސާނާގެ ދަރިކަލުންނަކީ ކާކުތަ؟“
ނަމަވެސް ރަނގަޅު މީހަކަށްވެ، އަދި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހޯދުމަށްޓަކައި އަމުރުފުޅުތަކާއި ގަވާއިދުތަކެއްގެ މައްޗަށް ކަންތައްކުރާ މީހަކަށް މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އެއީ ލިޔެވިގެން ވަނީ މިފަދައިންނެވެ. ”ލިޔެވިގެންވަންޏާ ވާހައި ގަވާއިދަކަށް ކިޔަމަންނުވެވޭ ކޮންމެ މީހަކަށް މާތްރަސްކަލާނގެ ވަނީ ލަޢުނަތް ލައްވާފައެވެ.“
ނަމަވެސް މިހާރު ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން އެނގިއްޖެއެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ މާތްރަސްކަލާނގެ ކަލޭމެން ދެނެވޮޑިގެންފިއެވެ. ވީއިރު އަނެއްކާ ކަލޭމެން ކުރީގެ ގޮތްތަކަށް އެނބުރި ގޮސް، ދުނިޔޭގައި ވެރިކަން ހިންގަމުން ދާ ބާރެއް ނެތް ބޭކާރު ރޫޙުތަކެއްގެ ދަށުވުމަށް ދާން ތިޔަ އުޅެނީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް ކަލޭމެން ބޭނުމީ އެތަކެތީގެ އަޅުންނަށް ވުމަށްހެއްޔެވެ؟