Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:17 - ކިތާބުލް މުޤައްދަސާ

17 އެދޮގުވެރިން ކަލޭމެންގެ ރުހުން ހޯދަން އެހާބޮޑު ޝައުޤުވެރިކަމެއް އެވަނީ އެމީހުންގެ އަމިއްލަ އެދުމެއް އޮތީމައެވެ. އެމީހުން އެއްގޮތަކަށް ވެސް ކަލޭމެންނަކަށް ރަނގަޅެއް ވާކަށެއް ނޭދެއެވެ. އެމީހުންގެ މަގުސަދަކީ ކަލޭމެން އަހަރެންނާއި ދުރުކުރުމެވެ. އެއީ ކަލޭމެން ލައްވާ އެމީހުން ނޫން ބަޔަކު ބުނާ ބަހެއް ގަބޫލު ކުރުވިޔަ ނުދިނުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:17
14 ပူးပေါင်းရင်းမြစ်များ  

ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެން އެއްގަމާ ކަނޑު ހުރަސްކޮށް އެންމެ މީހަކު ދީނަށް ވެއްދުމަށްޓަކާއި ދޭ، އަދި ކަލޭމެން އެކަން ކާމިޔާބު ކުރުމަށް ފަހު، އޭގެ ފަހުން ކަލޭމެން އެމީހާ ނަރަކަޔަށް ފޮނުއްވުމުގެ މަގު ކަލޭމެންނަށް ވުރެ ދެގުނައަށް އިތުރުކުރޭ.


އަހަރެން ކަލޭމެންގާތު ތެދު ބުނާތީ މިހާރު ކަލޭމެން ދެކެނީ އަހަރެން މީ ކަލޭމެންގެ ދުޝްމިނެއް ކަމުގައެވެ.


ހެޔޮކަމެއް ކުރުމުގެ ޝައުގުވެރިކަން އޮތުން އެއީ ކިތަންމެހާ ވެސް ރަނގަޅުކަމެކެވެ. ހުރިހާއިރަކު ވެސް އެ ގޮތަށް ކަންތައް ކުރުން އެއީ ރަނގަޅުކަމެއް ވީމައެވެ. އެއީ އަހަރެން ކަލޭމެންގެ ގާތު ހުއްޓަސް ނެތަސް ވެހެވެ.


އެހެން ފަރާތްތަކުން އަލްމަސީޙު އީސާގެފާނާ މެދު ވިސްނުމުގެ ބަދަލުގައި އެމީހުން މުހިންމު ކަމެއް ދޭނީ އެބައިމީހުންގެ ޙަޔާތާއިމެދުގައެވެ.


ކުށްތަކުގެ ތެރޭގައި އުޅުމަށް ފަހު އެކަންތަކުން ކިރިޔާ ސަލާމަތް ވެފައި ތިބި މީހުންނަށް އެދޮގު އެދުރުންގެ އަގެއްނެތް ފޮނިބަސްތަކުންނާއި ހަށިތަކުގެ ޝަހުވަތުގެ ދަންތުރައިގައި ޖައްސައެވެ.


އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ