Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:16 - ކިތާބުލް މުޤައްދަސާ

16 އަހަރެން ކަލޭމެންގާތު ތެދު ބުނާތީ މިހާރު ކަލޭމެން ދެކެނީ އަހަރެން މީ ކަލޭމެންގެ ދުޝްމިނެއް ކަމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:16
17 ပူးပေါင်းရင်းမြစ်များ  

ފޮނިކަނޑާ މީހަކު އިސްލާހު ކުރަން އުޅެފިއްޔާ އޭނާ ކަލޭ ދެކެ ކުރާނީ ނަފުރަތެވެ. ބުއްދިވެރި މީހާ ކަލޭދެކެވާނީ ލޯތްބެވެ.


ދުނިޔޭގެ މީސްތަކުންނަކަށް ކަލޭމެން ދެކެ ނަފުރަތެއް ނުވެވޭނެ. ނަމަވެސް އެމީހުން އަހަރެން ދެކެ ރުޅިއައިސް އަހަރެންނަށް ނަފްރަތުކުރޭ. އެއީ އެމީހުން ކުރާ ނުބައިކަންތައް އެމީހުންނަށް ދައްކައި ހާމަކޮށްދޭތީ.


ކަލޭމެންނަށް އަހަރެންގެ ބަސް ގަބޫލު ނުކުރެވިގެން ތިޔަ އުޅެނީ އަހަރެން ތެދު ބުނާތީ.


ދެން އެބައިމީހުން އެހެން ކަންތައް ކުރަން ފެށުމުން އެންމެންގެ ކުރިމަތީގައި އަހަރެން ޕަތަރަސްއާއި ދިމާލަށް މިފަދައިން ބުނީމެވެ. ”⁠ކަލޭ ތިއީ ބަނީއިސްރާއީލު މީހެއް ނަމަވެސް ބަނީއިސްރާއީލު ދީނުގެ ގަވާއިދުތަކަށް ކަންތައްކުރާކަށް ކަލެއަކަށް ނުޖެހޭ، ކަލޭ ތިޔަވަނީ އެޤަވާއިދުތަކުން މިންޖުވެފަ. ވީއިރު މިމީހުންނީ ބަނީއިސްރާއީލު ބަޔަކަށް ނުވާހިނދުމެ ކަލޭ ދޫކޮށްލާފައިވާ ގަވާއިދުތަކަށް އެމީހުންލައްވާ ކަންތައް ކުރުވަން ތިޔައުޅެނީ ކީއްވެ؟


އަހަރެމެން އެންމެ ހިނދުކޮޅަކަށް ވެސް އެމީހުން އެބުނާ އެއްޗަކާ އެއްބަހެއް ނުވަމެވެ. އެއީ އަހަރެން ބޭނުން ވަނީ ތެދު ހެޔޮޚަބަރުފުޅު އޭގެ ފުރިހަމަގޮތުގައި ކަލޭމެންނަށް ލިބިފައިވުމަށް ކަމަށް ވާތީއެވެ.


އޭރު ކަލޭމެންގެ ތެރޭގައި އުފާވެރިކަން އޮތެވެ. އެއުފާވެރިކަން މިހާރު ކޮބައި ހެއްޔެވެ؟ އަހަރެންނަށް ޔަޤީނެވެ. އޭރު ކަލޭމެންގެ އަމިއްލަ ލޯ ވެސް ނަގާފައި އަހަރެންނަށް ދޭކަށް ކަލޭމެން ފަހަކަށް ނުޖެހުނީހެވެ.


އެދޮގުވެރިން ކަލޭމެންގެ ރުހުން ހޯދަން އެހާބޮޑު ޝައުޤުވެރިކަމެއް އެވަނީ އެމީހުންގެ އަމިއްލަ އެދުމެއް އޮތީމައެވެ. އެމީހުން އެއްގޮތަކަށް ވެސް ކަލޭމެންނަކަށް ރަނގަޅެއް ވާކަށެއް ނޭދެއެވެ. އެމީހުންގެ މަގުސަދަކީ ކަލޭމެން އަހަރެންނާއި ދުރުކުރުމެވެ. އެއީ ކަލޭމެން ލައްވާ އެމީހުން ނޫން ބަޔަކު ބުނާ ބަހެއް ގަބޫލު ކުރުވިޔަ ނުދިނުމަށެވެ.


ކަލޭމެންގެ މެދުގައި ކަންތައްތައް ވަމުން ދިޔައީ ނުލާހިކު ރަނގަޅަށް މެއެވެ. ވީއިރު ކަލޭމެންނަށް ތެދާއި އެއްގޮތަށް ކަންތައް ކުރުމަށް ހުރަސްއެޅީ ކާކުހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ