Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:15 - ކިތާބުލް މުޤައްދަސާ

15 އޭރު ކަލޭމެންގެ ތެރޭގައި އުފާވެރިކަން އޮތެވެ. އެއުފާވެރިކަން މިހާރު ކޮބައި ހެއްޔެވެ؟ އަހަރެންނަށް ޔަޤީނެވެ. އޭރު ކަލޭމެންގެ އަމިއްލަ ލޯ ވެސް ނަގާފައި އަހަރެންނަށް ދޭކަށް ކަލޭމެން ފަހަކަށް ނުޖެހުނީހެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:15
17 ပူးပေါင်းရင်းမြစ်များ  

ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުކުރެއްވި ރަޙުމަތްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ލިބޭނެ މަގު އީސާގެފާނު އެކުރެއްވި ކަންތަކުގެ ސަބަބުން ފަހިވެއްޖެއެވެ. އަދި އީސާގެފާނަށް އީމާންވުމުން އެންމެންނަށް ދެއްވުމަށް މާތްރަސްކަލާނގެ ވަޢުދުފުޅުކުރެއްވި އެކަލާނގެ މާތްރޫޙުފުޅު ވެސް އަހަރެމެންނަށް ލިބޭނެއެވެ.


އަހަރެން އޭރު ބަލިވެ އުޅުމުގެ ސަބަބުން ކަލޭމެންނަށް އެތައް އުނދަގުލެއް ކުރިމަތިވީ ނަމަވެސް ކަލޭމެން އަހަރެންނަށް ދެރަކޮށްނެއް ނުހިތައެވެ. އަދި އަހަރެން ކަލޭމެންގެ ގާތުން ފޮނުވައެއް ވެސް ނުލައެވެ. އޭގެ ބަދަލުގަ ކަލޭމެން އަހަރެންނަށް ހެޔޮކޮން ހިތައި، ސުވަރުގެއިން ވަޑައިގަތް މަލާއިކަތެއް ފަދައިން ކަންތައް ކުރިއެވެ. އަދި ކޮބައިހެއްޔެވެ؟ ޚުދު އީސާގެފާނަށް ހިތާނެ ފަދައިން ކަލޭމެން އަހަންނަށް ކަމޭހިތި އެވެ.


އަހަރެން ކަލޭމެންގާތު ތެދު ބުނާތީ މިހާރު ކަލޭމެން ދެކެނީ އަހަރެން މީ ކަލޭމެންގެ ދުޝްމިނެއް ކަމުގައެވެ.


މަގޭ ދަރިންނޭވެ! އީސާ އަލްމަސީޙު ގެ ކިބައިގައިވާ ސިފަތައް ކަލޭމެންގެ ކިބައިގައި އަށަގަތުމަށް ދާންދެން އަންހެނަކު ވިހެއުމަށް އަޅާފަދަ ބޮޑުވޭނެއް އަހަރެންގެ ހިތުގައި ކަލޭމެންނަށްޓަކައި އެބައަޅައެވެ.


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


އެމީހެއްގެ އަމަލުތައް ރަނގަޅުކުރާށެވެ. އަދި އެއަމަލުތަކާއި މެދު ބަލާއިރު އެކަން ކުރެވުނީ ރަނގަޅަށްނަމަ އެކަމާ އުފާކުރާށެވެ. ނަމަވެސް ތިމާ ކުރާ އަމަލުތައް އެހެން މީހުން ގެ އަމަލުތަކާ އަޅާ ނުބަލާށެވެ.


ތިޔަބައިމީހުންނަށާއި ލަވުދީކިޔާ އާއި ހީރާޕުލިސްގެ އެންމެހާ މަސީޙީންނަށް އެހީތެރިވުމަށްޓަކައި އޭނާ ނުހަނު ބުރަ މަސައްކަތް ކުރަމުން ގެންދާ ކަމުގެ ޔަޤީންކަން އަހަރެން ތިޔަބައިމީހުންނަށް ދެމެވެ.


ތިޔަބައިމީހުންނާއިމެދު އަހަރެމެން ނުހަނު އަޅާލުން ބެހެއްޓީމެވެ. އަދި އަހަރެމެން ނުހަނު ލޯބިވާ ބައެއްގެ ގޮތުގައި ތިޔަބައިމީހުން ވެއްޖެއެވެ. އެހެނީ މާތްރަސްކަލާނގެ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ދިންހިނދު އަހަރެމެންގެ ޙަޔާތު ވެސް ތިޔަބައިމީހުންނަށް ދިން ފަދައިންނެވެ.


އެބައިމީހުން ކުރި މަސައްކަތާއި މެދު ލޯތްބަކާއިއެކު އެބައިމީހުންނަށް ޚާއްސަގޮތެއްގައި ޤަދަރު ކުރާށެވެ. ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ސުލްޙައިގައިވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ