ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:14 - ކިތާބުލް މުޤައްދަސާ14 އަހަރެން އޭރު ބަލިވެ އުޅުމުގެ ސަބަބުން ކަލޭމެންނަށް އެތައް އުނދަގުލެއް ކުރިމަތިވީ ނަމަވެސް ކަލޭމެން އަހަރެންނަށް ދެރަކޮށްނެއް ނުހިތައެވެ. އަދި އަހަރެން ކަލޭމެންގެ ގާތުން ފޮނުވައެއް ވެސް ނުލައެވެ. އޭގެ ބަދަލުގަ ކަލޭމެން އަހަރެންނަށް ހެޔޮކޮން ހިތައި، ސުވަރުގެއިން ވަޑައިގަތް މަލާއިކަތެއް ފަދައިން ކަންތައް ކުރިއެވެ. އަދި ކޮބައިހެއްޔެވެ؟ ޚުދު އީސާގެފާނަށް ހިތާނެ ފަދައިން ކަލޭމެން އަހަންނަށް ކަމޭހިތި އެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.“
އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.