ގަލާތިޔާގެ މަސީޙީންނަށް ސިޓީ 3:29 - ކިތާބުލް މުޤައްދަސާ29 ވީމާ ކަލޭމެންނަކީ އީސާގެފާނުގެ ބަޔަކަށް ވާނަމަ ކަލޭމެން ތިޔައީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ކަލޭމެންނަކީ އެކަލޭގެފާނުގެ ތަރިކައިގެ މިލްކުވެރިންނެވެ. ވީމާ މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅަކީ ކަލޭމެންނަށް ވެސް ކުރެއްވި ވަޢުދުފުޅެކެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ އެ ވަޢުދުފުޅު ކުރެއްވީ އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ”ދަރިކޮޅުގެ މީހާ“ އަށެވެ. ”ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހުންނެކޭ“ އެކަލާނގެ އިބްރާހީމްގެފާނަކަށް ވަޙީއެއް ނުކުރައްވައެވެ. އެހެން ވަޙީކުރެއްވިނަމަ އޭގެ މާނައަކީ އެތައް ބަޔެކޭ އެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީ ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހާއޭ، މިފަދައިންނެވެ. އޭގެ މާނައަކީ އެއީ ހަމަ އެންމެ މީހެކޭ އެވެ. އެމީހާއަކީ އީސާ އަލްމަސީޙު އެވެ.
މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ދެއްވުމަށް ވަޢުދުފުޅު ކުރެއްވި މަތިވެރި ރަޙުމަތްފުޅު، އަމުރުފުޅުތަކާއި ގަވާއިދުތައް މެދުވެރިކޮށް އަހަރެމެންނަށް ލިބޭނެ ނަމަ، ދެން ކޮންމެހެން އެވަޢުދުފުޅު ކުރެއްވުމުގެ ބޭނުމެއް ނުވޭ ނޫންތޯއެވެ؟ ނަމަވެސް މާތްރަސްކަލާނގެ އެރަޙުމަތްފުޅު އިބްރާހީމްގެފާނަށް ދެއްވީ އެކަލާނގެ އެކުރެއްވި ވަޢުދުފުޅުންނެވެ.
ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.