ގަލާތިޔާގެ މަސީޙީންނަށް ސިޓީ 3:28 - ކިތާބުލް މުޤައްދަސާ28 ކަލޭމެންނަކީ ބަނީއިސްރާއީލުންގެ މީހަކަސް ނުވަތަ ބަނީއިސްރާއީލު ނޫން މީހަކަސް، ނޫނީ މީހެއްގެ އަޅަކަސް ނުވަތަ މިނިވަނަކަސް، ނުވަތަ އަންހެނަކަސް ފިރިހެނަކަސް، ކަލޭމެން އެންމެންނަކީ ވެސް ހަމަހަމަ އެއްވަރު ބަޔަކަށްވެ އެކައްޗަކަށް ވެފައި ތިޔަވަނީ އީސާގެފާނަށް އީމާންވެ ތިބީމައެވެ. အခန်းကိုကြည့်ပါ။ |
މިހާރު އަޅުގަނޑު މިދަނީ އިނބަރަސްކަލާނގެ ޙަޟްރަތަށް. އަޅުގަނޑަކީ މިހާރު ދުނިޔޭގައި ނެތް މީހެއް. އެކަމަކު އެމީހުން އެ ވަނީ މި ދުނިޔޭގައި. ކީރިތި ބައްޕާފުޅު! އަޅުގަނޑަށް ދެއްވި އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުން އެމީހުންނަށް ރައްކާތެރިކަން ދެއްވާށި! އެއީ އިނބަރަސްކަލާނގެއާއި އަޅުގަނޑަކީ އެކައްޗެއް ކަމުގައި ވާ ފަދައިން އެމީހުންނަކީ ވެސް އެކައްޗެއް ކަމުގައި ވުމަށް.
މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުކުރެއްވި ރަޙުމަތްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ލިބޭނެ މަގު އީސާގެފާނު އެކުރެއްވި ކަންތަކުގެ ސަބަބުން ފަހިވެއްޖެއެވެ. އަދި އީސާގެފާނަށް އީމާންވުމުން އެންމެންނަށް ދެއްވުމަށް މާތްރަސްކަލާނގެ ވަޢުދުފުޅުކުރެއްވި އެކަލާނގެ މާތްރޫޙުފުޅު ވެސް އަހަރެމެންނަށް ލިބޭނެއެވެ.
އަހަރެން އޭރު ބަލިވެ އުޅުމުގެ ސަބަބުން ކަލޭމެންނަށް އެތައް އުނދަގުލެއް ކުރިމަތިވީ ނަމަވެސް ކަލޭމެން އަހަރެންނަށް ދެރަކޮށްނެއް ނުހިތައެވެ. އަދި އަހަރެން ކަލޭމެންގެ ގާތުން ފޮނުވައެއް ވެސް ނުލައެވެ. އޭގެ ބަދަލުގަ ކަލޭމެން އަހަރެންނަށް ހެޔޮކޮން ހިތައި، ސުވަރުގެއިން ވަޑައިގަތް މަލާއިކަތެއް ފަދައިން ކަންތައް ކުރިއެވެ. އަދި ކޮބައިހެއްޔެވެ؟ ޚުދު އީސާގެފާނަށް ހިތާނެ ފަދައިން ކަލޭމެން އަހަންނަށް ކަމޭހިތި އެވެ.
އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.
މި ސިޓީ އަކީ އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޕައުލްގެ ފަރާތުން ފޮނުވާ ސިޓީ އެކެވެ. މި ސިޓީ މި ލިޔަނީ އެފޭސުސްގައިވާ މާތްކަލާނގެ މުޤައްދަސް ކުރެއްވި އަލްމަސީހަށް އީމާންވާ ހުރިހާ އެންމެންނަށެވެ. އެ ހުރިހާ އެންމެންނަކީ އީސާ އަލްމަސީޙަށް ވަފާތެރިވެ އީމާންކަން މަތީވާ ފަރާތްތައް ވެސް މެއެވެ.
މި އާ ޙަޔާތުގައި އެއްވެސް މީހަކު އަނެކާއަށްވުރެ މަތިވެރިއެއް ނޫނެވެ. އެއީ ޚިތާނު ކުރެވިފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޚިތާނު ނުކުރެވި ހުރި މީހެއްކަމުގައި ވިޔަސް، ނުވަތަ ބަނީއިސްރާއީލީއަކު ކަމުގައި ވިޔަސް، ނުވަތަ ޣައިރު ބަނީއިސްރާއީލީއަކު ކަމުގައިވިޔަސް އަދި ތަރައްޤީނުވާ މީހަކު ނުވަތަ ނާތަހުޒީބު މީހަކު ނުވަތަ އަޅަކު ނުވަތަ މިނިވަނަކު ވިޔަސްމެއެވެ. ހުރިހާ އެންމެންނަށްވުރެ އެންމެ މުހިންމީ އީސާއަލްމަސީޙުއެވެ. އެކަލޭގެފާނު ތިޔަ އެންމެންގެ ކިބައިގައި ވެއެވެ.