25 ނަމަވެސް މިހާރު އީސާގެފާނަށް އީމާންވުމުން އަހަރެމެން އެއަމުރުފުޅުތަކުގެ ބަލަދުވެރިކަމުގެ ދަށުގައި ތިބުމުގެ ބޭނުމެއް ނެތެވެ.
އެހެންގޮތަކަށް ބުނާނަމަ އެ އަމުރުފުޅުތަކަކީ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވަންދެން އަހަރެމެންގެ ބަލަދުވެރިއެއްގެ ގޮތުގައި ވީ ފަރާތެވެ. އެއީ އީސާގެފާނަށް އީމާންވުމުގެ ސަބަބުން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުން ލިބި މިނިވަން ވާނެ ގޮތް ފަހި ކުރެއްވުމަށެވެ.