Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 3:19 - ކިތާބުލް މުޤައްދަސާ

19 ދެން އެހެންވީއިރު އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ދެއްވީ މީސްތަކުން ކުރާ ނުބައިކަންތައްތަކަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަށް ކުރެވޭ ކަންތަކެއްކަން ދައްކަވައި ދެއްވުމަށެވެ. އަދި އަމުރުފުޅުތަކާއި ގަވާއިދު އޮތީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހާ ފޮނުއްވަން ދެނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުން ލައްވައި އަމުރުފުޅުތަކާއި ގަވާއިދުތައް މޫސާގެފާނަށް އެންގެވިއެވެ. އެ އެއެންގެވުންތައް މީސްތަކުންނަށް ފޯރުކޮށް ދެއްވީ މޫސާގެފާނު މެދުވެރިކުރައްވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 3:19
31 ပူးပေါင်းရင်းမြစ်များ  

ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’⁠އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.⁠‘⁠“


މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ އެކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތައް އެންގެވިއެވެ. ނަމަވެސް އެކަލާނގެ ދެއްވާ ދެގޮތެއްވުމެއް ނުވާ، ބަދަލުވުމެއް ނުވާ ލޯބިފުޅާއި އެކަލާނގެއާއި ބެހޭ ތެދު ފާޅުވެ އެނގުނީ އީސާ އަލްމަސީޙު މެދުވެރިކޮށެވެ.


އަހަރެން މި ދުނިޔެއަށް އައިސް އެމީހުންގާތުގައި އެވާހަކަތައް ނުދެއްކިނަމަ އެމީހުން ކުށްވެރިއެއް ނުވީސް. އެކަމަކު މިހާރު އެމީހުންގެ ފާފަތަކާ މެދު އެމީހުންނަށް ދެއްކޭނެ އުޒުރެއް ނެތް.


އަހަރެމެންގެ މީސްތަކުން އެކުގައި ހަނަފަސް ބިމަށް ގެނެސް އެމީހުންނާއި އެކުގަ އެތާނގައި ވީ މޫސާގެފާނު. އަދި ޠޫރުސީނާ ފަރުބަދައިގައި މާތްރަސްކަލާނގެ މަލާއިކަތާ އެކަލޭގެފާނަށް ދިރިހުރުން ލިބޭ މި ބަސްފުޅުތައް އަހަރެމެންނަށް އަންގައިދިނުމަށްޓަކައި ވިދާޅުވި.


މާތްރަސްކަލާނގެ މަލާއިކަތުން މެދުވެރިކުރައްވާ މޫސާގެފާނަށް އެންގެވި ބަސްފުޅުތައް އެކަލޭގެފާނު ކަލޭމެންނަށް އަންގަވައި ދެއްވި. ނަމަވެސް ކަލޭމެން އެ ބަސްފުޅުތަކަށް ނުކިޔަމަންތެރިވޭ.⁠“


މާތްރަސްކަލާނގެ އެ ވަޢުދުފުޅު ކުރެއްވީ އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ”⁠ދަރިކޮޅުގެ މީހާ⁠“ އަށެވެ. ”⁠ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހުންނެކޭ⁠“ އެކަލާނގެ އިބްރާހީމްގެފާނަކަށް ވަޙީއެއް ނުކުރައްވައެވެ. އެހެން ވަޙީކުރެއްވިނަމަ އޭގެ މާނައަކީ އެތައް ބަޔެކޭ އެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީ ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހާއޭ، މިފަދައިންނެވެ. އޭގެ މާނައަކީ އެއީ ހަމަ އެންމެ މީހެކޭ އެވެ. އެމީހާއަކީ އީސާ އަލްމަސީޙު އެވެ.


އެހެނީ މަލާއިކަތުން މެދުވެރި ކުރައްވައި މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކަކީ ވެސް ޙައްޤު ތެދު ބަސްފުޅުތަކެކެވެ. އެ ބަސްފުޅުތަކަށް ނުކިޔަމަންތެރިވާ މީހުންނަށް ވެސް އެކަމުގެ ޙައްޤު ސަޒާ ލިބެއެވެ.


އަހަރެމެން މިބުނާ އާދުނިޔޭގެ ވެރިންގެ ގޮތުގައި މާތްރަސްކަލާނގެ މަލާއިކަތުންނެއް ނުލައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ