ގަލާތިޔާގެ މަސީޙީންނަށް ސިޓީ 3:16 - ކިތާބުލް މުޤައްދަސާ16 މާތްރަސްކަލާނގެ އެ ވަޢުދުފުޅު ކުރެއްވީ އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ”ދަރިކޮޅުގެ މީހާ“ އަށެވެ. ”ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހުންނެކޭ“ އެކަލާނގެ އިބްރާހީމްގެފާނަކަށް ވަޙީއެއް ނުކުރައްވައެވެ. އެހެން ވަޙީކުރެއްވިނަމަ އޭގެ މާނައަކީ އެތައް ބަޔެކޭ އެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީ ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހާއޭ، މިފަދައިންނެވެ. އޭގެ މާނައަކީ އެއީ ހަމަ އެންމެ މީހެކޭ އެވެ. އެމީހާއަކީ އީސާ އަލްމަސީޙު އެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.
އެކަލާނގެ ރަސޫލުންނާއި ނަބީބޭކަލުންނަށް އެކަލާނގެ އެންގެވީ ހަމަ ތިޔަބައިމީހުންނަށް މި ކަންތައްތައް އަންގައިދިނުމަށް. އަދި މާތްރަސްކަލާނގެ ކަލޭމެންގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނަށް ކުރެއްވި ޢަހުދުނާމާއަކީ ހަމަ ކަލޭމެންނާއެކުގައި ވެސް ކުރެވިފައިވާ ޢަހުދުނާމާއެއް. އަދި މި ޢަހުދުނާމާއާ ބެހޭ ގޮތުން ކަލޭމެންނަށް ވެސް ވަނީ އެންގެވިފަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވި. ’ކަލޭގެ ދަރިކޮޅުގެ މީހެއް މެދުވެރިކޮށް ތިމަންކަލާނގެ މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާނަމޭ.‘
ދެން އެހެންވީއިރު އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ދެއްވީ މީސްތަކުން ކުރާ ނުބައިކަންތައްތަކަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަށް ކުރެވޭ ކަންތަކެއްކަން ދައްކަވައި ދެއްވުމަށެވެ. އަދި އަމުރުފުޅުތަކާއި ގަވާއިދު އޮތީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހާ ފޮނުއްވަން ދެނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުން ލައްވައި އަމުރުފުޅުތަކާއި ގަވާއިދުތައް މޫސާގެފާނަށް އެންގެވިއެވެ. އެ އެއެންގެވުންތައް މީސްތަކުންނަށް ފޯރުކޮށް ދެއްވީ މޫސާގެފާނު މެދުވެރިކުރައްވައެވެ.
އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެން ވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.“
އެހެނީ އެފަދަ މީހުންނަކީ އީސާގެފާނާ ގުޅިފައިވާ ބަޔެއް ނޫނެވެ. އެކަލޭގެފާނަކީ ޖަމާޢަތުގެ އިސް ވެރިޔާ ކަމުގައި ވީ އިރު ވެސް މެއެވެ. އެކަލޭގެފާނަކީ ހަށިގަނޑު ގެ ބޮލެވެ. އެހެންކަމުން ހަށިގަނޑު ވާނީ އެކަލޭގެފާނުގެ އިޚުތިޔާރުގެ ދަށުގައެވެ. ހުރިހާ ހުޅުހުޅުތަކާއި ގުނަވަންތައް އެކަލޭގެފާނާ ގުޅިފައިވުމުން މާތްކަލާނގެ އިރާދަފުޅާ އެކުގައި އެ ހަށިގަނޑު ހެދިބޮޑުވަމުން ދެއެވެ.
މި އާ ޙަޔާތުގައި އެއްވެސް މީހަކު އަނެކާއަށްވުރެ މަތިވެރިއެއް ނޫނެވެ. އެއީ ޚިތާނު ކުރެވިފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޚިތާނު ނުކުރެވި ހުރި މީހެއްކަމުގައި ވިޔަސް، ނުވަތަ ބަނީއިސްރާއީލީއަކު ކަމުގައި ވިޔަސް، ނުވަތަ ޣައިރު ބަނީއިސްރާއީލީއަކު ކަމުގައިވިޔަސް އަދި ތަރައްޤީނުވާ މީހަކު ނުވަތަ ނާތަހުޒީބު މީހަކު ނުވަތަ އަޅަކު ނުވަތަ މިނިވަނަކު ވިޔަސްމެއެވެ. ހުރިހާ އެންމެންނަށްވުރެ އެންމެ މުހިންމީ އީސާއަލްމަސީޙުއެވެ. އެކަލޭގެފާނު ތިޔަ އެންމެންގެ ކިބައިގައި ވެއެވެ.