ގަލާތިޔާގެ މަސީޙީންނަށް ސިޓީ 3:14 - ކިތާބުލް މުޤައްދަސާ14 މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުކުރެއްވި ރަޙުމަތްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ލިބޭނެ މަގު އީސާގެފާނު އެކުރެއްވި ކަންތަކުގެ ސަބަބުން ފަހިވެއްޖެއެވެ. އަދި އީސާގެފާނަށް އީމާންވުމުން އެންމެންނަށް ދެއްވުމަށް މާތްރަސްކަލާނގެ ވަޢުދުފުޅުކުރެއްވި އެކަލާނގެ މާތްރޫޙުފުޅު ވެސް އަހަރެމެންނަށް ލިބޭނެއެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.
މާތްރަސްކަލާނގެ އެ ވަޢުދުފުޅު ކުރެއްވީ އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ”ދަރިކޮޅުގެ މީހާ“ އަށެވެ. ”ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހުންނެކޭ“ އެކަލާނގެ އިބްރާހީމްގެފާނަކަށް ވަޙީއެއް ނުކުރައްވައެވެ. އެހެން ވަޙީކުރެއްވިނަމަ އޭގެ މާނައަކީ އެތައް ބަޔެކޭ އެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީ ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހާއޭ، މިފަދައިންނެވެ. އޭގެ މާނައަކީ އެއީ ހަމަ އެންމެ މީހެކޭ އެވެ. އެމީހާއަކީ އީސާ އަލްމަސީޙު އެވެ.
އަހަރެން ކަލޭމެން ކުރެން ހަމައެކަނި އެންމެ ސުވާލެއް ކޮށްލަން ބޭނުމެވެ. އެއީ ކަލޭމެންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބުނީ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކުރުމުން ނުވަތަ ކަލޭމެންނަށް ދަސްކޮށްދެވުނު ބަސްތައް އަހައި ގަބޫލު ކުރުމުން ހެއްޔެވެ؟ ޝައްކެއް ނެތި ހަމަ ޔަޤީނުން ވެސް ކަލޭމެންނަށް އެމާތްރޫޙުފުޅު ދެއްވީ އީސާގެފާނު ދެއްވި ދިންނެވުމާ ބެހޭ ހެޔޮޚަބަރުފުޅު ކަލޭމެން އަހައި ގަބޫލު ކުރުމުންނެވެ.
ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.