Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:9 - ކިތާބުލް މުޤައްދަސާ

9 އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:9
32 ပူးပေါင်းရင်းမြစ်များ  

އަހަރެން ތިބާއަށް ބުނަން. އަހަރެން ތިބާއާއި މުޚާތަބު ކުރާނީ ޕަތަރަސްގެ ނަމުން. އަހަރެންގެ ޖަމާޢަތް އަހަރެން ބިނާ ކުރާނީ ތިޔަ ހިލައިގެ މަތީގައި. މަރަކަށް ވެސް އަދި ޝައިތާނާއަކަށް ވެސް އެ ޖަމާޢަތުގެ މައްޗަށް ބާރެއް ނުފޯރުވޭނެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޕަތަރަސް އާއި ޔޫޙަންނާއަށް ވިދާޅުވި އެވެ. ”⁠މި ޢީދުގެ ޚާއްސަ ކެއުން ތައްޔާރު ކުރުމަށްޓަކައި ދޭ.⁠“


އަންދުރާއި އީސާގެފާނުގެ އަރިހަށް ޝަމްއޫނު ގެންދިޔައެވެ. އީސާގެފާނު ވަރަށް ފުން ނަޒަރަކުން ޝަމްއޫނުއާއި ދިމާއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. ”⁠ކަލެއަކީ ޔޫޙަންނާގެ ދަރި ޝަމްއޫނު. ނަމަވެސް މިއަދުން ފެށިގެން ކަލޭގެ ނަމަކީ ކީފާ.⁠“ ކީފާގެ މާނައަކީ ޕަތަރަސްއެވެ.


ޕަތަރަސް އެމީހުންނަށް އަޑުގަދަ ނުކުރުމަށް އިޝާރާތް ކުރިއެވެ. ދެން މާތްރަސްކަލާނގެ އޭނާ ޖަލުން ނެރުއްވި ގޮތުގެ ވާހަކަ އެމީހުންނަށް ކިޔާދިނެވެ. ޕަތަރަސް ބުންޏެވެ. ”⁠ޔާމިޒު އާއި އެހެން އެންމެންނަށް ވެސް މި ވާހަކަތައް ކަލޭމެން ކިޔާދޭތި.⁠“ ދެން އޭނާ އެތަނުން އެހެންތާކަށް ދިޔައެވެ.


އެމީހުންގެ ވާހަކަ ނިމުމުން ޔާމިޒު ވާހަކަދައްކާ އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޑުއަހާ.


އެތައް އިރަކު މި ކަމާއި ބެހޭ ގޮތުން އެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ދެން ޕަތަރަސް ތެދުވެ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އޭނާ ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން އެންމެ ކުރީކޮޅުން ފެށިގެން މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން އެހެންމީހުންނަށް ހެޔޮޚަބަރުފުޅު ދެއްވުމަށް ތިޔަބައިމީހުންގެ ތެރެއިން އަހަރެން ހޮއްވެވި. އަދި އެބައިމީހުންނަށް އަހަރެން އެ ޚަބަރުފުޅު ދިނިން. އެ ޚަބަރުފުޅުގެ އަޑުއަހާ އެމީހުން އީމާންވި.


އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.


އަދި އެކަލާނގެ ދަރިކަލުންއީސާ އަލްމަސީޙު އަހަރެންނަށް ދައްކަވައި ހާމަކުރެއްވުމަށް ވެސް އިރާދަ ކުރެއްވިއެވެ. އެއީ އީސާގެފާނާ ބެހޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް އަހަރެން މެދުވެރިކޮށް އަންގައިދިނުމަށްޓަކައެވެ. އަހަރެން މިކަމާމެދު ވާހަކަދައްކާ ލަފައެއް އަހާކަށް އެއްވެސް މީހެއްގެ ގާތަކަށް ނުދަމެވެ.


އޭގެ ތިން އަހަރުފަހުން އަހަރެން ޕަތަރަސްއާއި ބައްދަލުވުމަށް ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭނާގެ ގާތުގައި ފަނަރަ ދުވަހު ހުރީމެވެ.


ސާދަ އަހަރަށް ފަހު އަނެއްކާވެސް އަހަރެން އެނބުރި ބަރުނައްބާސްއާއި އެކު ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭރު އަހަރެންނާއި އެކު ތީތުސް ވެސް ގެންދިޔައީމެވެ.


އަހަރެން އެރަށަށް ދިޔައީ އަހަރެން ގޮސް ކުރަންވީ ކަންތައް މާތްކަލާނގެ އަހަންނަށް އަންގަވައި އިލްހާމު ކުރެއްވީމައެވެ. އަހަރެން އެރަށުގައި ހުރެ އީސާއީންގެ އިސް މީހުންގެ ގޮތުގައި ތިބި މީހުންނާ ވަކިވަކީން ބައްދަލު ކުރީމެވެ. އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އަހަރެން ދަސްކޮށް ދެމުން އައި ކަންތައް އެމީހުންނާ ޙިއްސާ ކުރީމެވެ. އަހަރެން ބަލަން ބޭނުންވީ އަހަރެން ދަސްކޮށްދެމުން އަންނަ ބަސްތަކާ މި ޖަމާޢަތުގެ މީހުން އެއްބަސްވޭ ތޯއެވެ. އެހެނީ އަހަރެން ދަސްކޮށް ދެމުން އައި ކަންތަކަކީ ބޭކާރު އެއްޗަކަށް ވާން އަހަރެން ބޭނުން ނުވާތީއެވެ.


މީހަކު ތިމަން މިއީ އެހެންމީހުންނަށް ވުރެން މޮޅު މީހަކު ކަމުގައި ދެކޭނަމަ އެމީހާ އެ އޮޅުވާލަނީ އޭނާގެ އަމިއްލަ ނަފްސަށެވެ.


އަހަރެމެން ހުރިހާ އެންމެންނަކީ ބިނާކުރެވިފައިވާ ޢިމާރާތުގެ ބައެކެވެ. މަންދޫބުންނާއި ނަބީންނަކީ އެ ޢިމާރާތުގެ ބިންގައު ފަދައިންވާ ބައެއްމެއެވެ. އަދި އެ ޢިމާރާތުގެ އެންމެ މުހިންމު ބުންޔާދަކީ އަލްމަސީޙު އީސާގެފާނުގެ އަމިއްލަ ނަފްސުފުޅެވެ.


މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.


އަހަރެންގެ ކިބައިގައިވާ އީސާގެފާނުގެ މި މަތިވެރި ބާރުފުޅާއެކު އަހަރެން މިހާ މިންނެތް މަސައްކަތް މިކުރަނީ އެހެންވީމައެވެ.


އެހެންވީމާ، ހިނދުކޮޅެއްގެ ވަގުތު ކޮޅަކަށް ނަމަވެސް ތިބާއާއި ބައްދުލުވުން ލަސްވިކަމުގައި ވިޔަސް މާތްރަސްކަލާނގެ ދަރުބާރުތަކުގައި މީސްތަކުން ތަރުބިއްޔަތު ކުރާނޭ ގޮތް ތިބާއަށް އަންގައި ދިނުމަށްޓަކައެވެ. އެ ދަރުބާރަކީ ދިރިދެމިވޮޑިގެންވާ ކަލާނގެ ކަނީސާއެވެ. އެއީ ޙައްޤުތެދުގެ ބިންގަލާއި ތަނބު ވެސް މެއެވެ.


ތިޔަބައިމީހުންނަށް އަހަރެމެން ބުނެދެމުން މި ގެންދަނީ އަހަރެމެންނަށް ފެނިފައިވި އަދި އިވިފައިވި ކަންތައްތަކެވެ. އެހެންވީމާ، ތިޔަބައިމީހުން އެފަރާތާއި މެދު އީމާންތެރި ކަމުގައިވެ އަހަރެމެންނާއި އެކުގައި އެއްބައިވަންތަ ގުޅުމެއްގައި ވުމަށް އެދެމެވެ. އެއްބައިވަންތަ ގުޅުމެއްގައި އަހަރެމެން ވަނީ މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އާއި އެކުގައެވެ.


ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ