Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:6 - ކިތާބުލް މުޤައްދަސާ

6 އީސާގެފާނުގެ ޖަމާޢަތުގެ މުހިންމު ބޮޑުންގެ ތެރެއިން އެކަކު ވެސް އަހަރެން އަންގާދެމުން ދިޔަ ދިންނެވުމުގެ އުފާވެރި ޚަބަރަށް ގޮތްކިޔައި އެޔަށް އިތުރު ކުރަންވީ އެއްވެސް ނުކުތާއެއް ނުބުނެވެ. އަދި އެމީހުންނަކީ މުހިންމު ބޮޑުންނަށް ވިޔަސް އެއަކީ އަހަރެންނަކަށް މާ މުހިންމު ކަމެއް ނޫނެވެ. އެއީ މާތްރަސްކަލާނގެ ކުރިފުޅުމަތީ އެންމެން ވެސް އެއްވެސް ތަފާތެއް ނެތި ހަމަހަމަ ވެގެންވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:6
22 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން އެމީހުންގެ ބައެއް ބައިވެރިންނާއި އަދި ހެރޮދު ރަސްގެފާނަށް ތާއީދުކުރާ މީހުންގެ ތެރެއިން ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވައި ސުވާލު ކުރެއްވިއެވެ. ”⁠އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް.


އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރިއެވެ. ”⁠އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް. މިހެން ކަމުގައިވާނަމަ ރޯމު ސަރުކާރަށް ޓެކްސް ދެއްކުމަކީ އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ޚިލާފު ކަމެއްތަ؟ އަޅުގަނޑުމެން އެފަދައިން ޓެކްސް ދައްކަން ޖެހޭނެތަ؟ ނޫނީ ނުޖެހޭނެތަ؟⁠“


އެމީހުން ބުންޏެވެ. ”⁠އީސާގެފާނު. ކަލޭގެފާނަކީ ވަކިކޮޅަކަށް ނުޖެހޭ ބޭކަލެއް. އަދި ކަލޭގެފާނަކީ މީސްތަކުންނަށް މާތްރަސްކަލާނގެއާއި މެދު ތެދު މަގު ދަސްކޮށްދެއްވާ ބޭކަލެއް.


ދެން ޕަތަރަސް ބުންޏެވެ. ”⁠މިހާރު އަހަރެންނަށް އެނގި ޔަޤީންވެއްޖެއޭ. މާތްރަސްކަލާނގެ ވަކި ބަޔަކަށް ވަކި ގޮތެއް ނުބަހައްޓަވައޭ.


ތުދާހުގެ މަތިން ހަނދާން ކޮށްބަލަ. އޭނާ ވެސް ބުނި ތިމަންނައަކީ ވަރަށް މަތިވެރި މީހެކޭ. އޭނާގެ ބަސް ގަބޫލުކޮށް އޭނާގެ ކޮޅަށް ހަތަރުސަތޭކައެއްހާ މީހުން ވެސް ޖެހުނު. އެކަމަކު އެ ތުދާހު ބަޔަކުގެ އަތުން ޤަތުލުވި. އަދި އޭނާގެ ބަސް ގަބޫލު ކުރި އެންމެން ވިއްސި ވިހާލި ވެގެން ދިޔަ.


އަހަރެން އެރަށަށް ދިޔައީ އަހަރެން ގޮސް ކުރަންވީ ކަންތައް މާތްކަލާނގެ އަހަންނަށް އަންގަވައި އިލްހާމު ކުރެއްވީމައެވެ. އަހަރެން އެރަށުގައި ހުރެ އީސާއީންގެ އިސް މީހުންގެ ގޮތުގައި ތިބި މީހުންނާ ވަކިވަކީން ބައްދަލު ކުރީމެވެ. އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އަހަރެން ދަސްކޮށް ދެމުން އައި ކަންތައް އެމީހުންނާ ޙިއްސާ ކުރީމެވެ. އަހަރެން ބަލަން ބޭނުންވީ އަހަރެން ދަސްކޮށްދެމުން އަންނަ ބަސްތަކާ މި ޖަމާޢަތުގެ މީހުން އެއްބަސްވޭ ތޯއެވެ. އެހެނީ އަހަރެން ދަސްކޮށް ދެމުން އައި ކަންތަކަކީ ބޭކާރު އެއްޗަކަށް ވާން އަހަރެން ބޭނުން ނުވާތީއެވެ.


މީހަކު ތިމަން މިއީ އެހެންމީހުންނަށް ވުރެން މޮޅު މީހަކު ކަމުގައި ދެކޭނަމަ އެމީހާ އެ އޮޅުވާލަނީ އޭނާގެ އަމިއްލަ ނަފްސަށެވެ.


ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ.


އަދި އަހަރެމެންނަށް މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް ގެނެސްދެއްވި މުރުޝިދުންގެ މަތިން ހަނދާން ނައްތާ ނުލާށެވެ. އެބޭކަލުން ދިރިއުޅުއްވައި މަރުވެ ދިޔަގޮތް ބަލާށެވެ. އަދި އެފަދަ އީމާންތެރިކަމެއްގައި އުޅެވޭތޯ ބަލާށެވެ.


އަދި ހަނދާންކުރާށެވެ. ތިޔަބައިމީހުން ދުޢާ ދަންނަވާ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ފައިސަލާ ކުރައްވާހިނދު ވަކިމީހަކަށް ވަކިގޮތެއް ނުހައްދަވައެވެ. އެކަލާނގެ ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން ކުރި ޢަމަލެއްގެ މައްޗަށެވެ. އެހެންވީމާ ތިޔަބައިމީހުން ބިދޭސީންގެ ގޮތުގައި މިބިންމަތީގައި ވާހިނދު އެކަލާނގެއަށް ޤަދަރުކޮށް ބިރުވެތިކަން މަތީ ވޭތިކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ